Saturday, 15 June 2024

ޤާސިމް، "ޤުރުއާނުގެ ތަފްސީރެއް" އޮންލައިންކޮށް ދިވެހި ރައްޔިތުންނަށް ހަދިޔާކުރައްވައިފި

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ދިވެހި ރައްޔިތުންނަށް ކީރިތި ޤުރުއާނުގެ ތަފްސީރެއް ހަދިޔާ ކުރައްވައިފިއެވެ.

ސައުދީއަރަބިއްޔާއިން ނެރެފައިވާ އައްތަފްސީރުލް ވާސިހުލް މުޔައްސިރު ދިވެހި ބަހަށް ތަރުޖަމާކޮށް، އެ ތަރުޖަމާގެ ޑެސްކްޓޮޕް ވާޝަން މިއަދު ވަނީ ނެރެފައެވެ.

ޤާސިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 'ފަސޭހަ ތަފްސީރު’ގެ ނަމުގައި އެކުލަވާލާފައިވާ ހަ ވޮލިޔުމްގެ މި ފޮތް ޗާޕުކޮށްގެން ރާއްޖޭގެ ކޮންމެ ގެއަކަށް ކޮޕީއެއް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށެވެ.

މި ފޮތުގެ ޑެސްކްޓޮޕް ވާޝަންގެ ސޮފްޓު ލޯންޗިން މިދިޔަ މަހު ބޭއްވާފައިވާއިރު، ރެއިން ފެށިގެން އެ ވާޝަން ވަނީ އާންމުކޮށްފައެވެ.

އިންސާނިއްޔަތަށްޓަކައި އެތައް އެހީއެއް ވެދެއްވަމުން ގެންދަވާ ޤާސިމް ވިދާޅުވީ މި މަސައްކަތް ކުރުމުގެ މެދުވެރިއަކަށްވީ ސައޫދީޢަރަބިއްޔާގެ ޙައްޖާއި އުމްރާއާބެހޭ ވަޒީރުގެ މަޤާމުގައި 1999 އިން 2005 އަށް ހުންނެވި އައްސައްޔިދު އިޔާދު ބުން އަމީން މަދަނީ ކަމަށެވެ.

އޭނާގެ ދައުވަތަކަށް ޤާސިމްއާއި އެމަނިކުފާނުގެ އާއިލާ ކުރެއްވި ޙައްޖު ދަތުރެއްގައި، މަދީނާގައި ހުންނަ ޤުރުއާން ޗާޕުކުރާ ޗާޕުޚާނާ ބައްލަވާލެއްވުމަށް ދެއްވި ފުރުޞަތަކީ މި މަސައްކަތް ކުރުމަށް މެދުވެރިވި ސަބަބު ކަމަށް ޤާސިމް ވިދާޅުވެފައިވެއެވެ.

ޤާސިމް އިތުރަށް ވިދާޅުވީ، އެ ދަތުރުގައި ސައުދީ މިނިސްޓަރު ވަނީ އޭރު ދުނިޔޭގައި އޮތް އެންމެ ކުރު، އެހެނަސް އެންމެ ތަފްސީލުކޮށް ޝަރަހަ ކޮށްފައިވާ ޤުރުއާން ތަފްސީރު ޤާސިމްއަށް ހަދިޔާއަކަށް ދެއްވައިފާއެވެ.

"ހަމަ އެވަގުތުގައި މިފޮތް ދިވެހިބަހުން ތަރުޖަމާކޮށް ދިވެހީންނަށް ފޯރުކޮށް ދިނުމުގެ ޝައުޤުވެރިކަން އަޅުގަނޑުގެ ހިތުގައި އުފެދި، އެކަމަށް އަޅުގަނޑު ނިޔަތްގަތީމެވެ،" ތަފްސީރު ފެށުމުގެ ގޮތުން ޤސިމް ލިޔުއްވާފައިވާ ޕޯސްޓުގައިވެއެވެ.

ލަސްތަކެއް ނުވެ ޗާޕްކޮށް ދިވެހިރާއްޖޭގެ ގިނަ ގޭބިސީ ތަކަށް ތަފްސީރުގެ ކޮޕީއެއް ހަދިޔާ ކުރުމަށް އެމަނިކުފާނު ނިންމަވާފައިވާ ކަމަށްވެސް ޤާސިމު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ތަފްސީރެއްގެ ވާހަކަ ދައްކާ އިރު، އެ ތަފްސީރާ ބެހޭ ގޮތުން – ތަފްސީރަކީ ދިވެހި ތަފްސީރެއްތޯ ނުވަތަ އެހެން ތަފްސީރެއްގެ ތަރުޖަމާއެއްތޯ، ތަފްސީރު ދިވެހި ބަހަށް ގެންނެވި ބޭފުޅާގެ ތައާރުފެއް، ތަފްސީރުގެ މަންހަޖު، އެބަހީ، ކިހިނެއްތޯ ތަފްސީރު ކުރެވިފައި އޮތީ، އާޔަތްތަކުގެ މާނައަށް ވަކިވަކިން ރިއާޔަތްކުރެވިގެންތޯ ނޫނީ މީގެ އިތުރުން، އާޔަތްތަކުގައި އެކުލެވޭ މައިގަނޑު ފިކުރާއި ޚިޔާލަށް ރިއާޔަތް ކުރެވިގެންތޯ، ތަފްސީރު ދިވެހިން، ކިޔާލުމުން ފަސޭހައިން ވިސްނޭނެތޯ، މިކަންކަމަށް އަލިއަޅުވާލި ނަމަ، ކިޔާ މީހާ ބޭނުން ބައެއް ސުއާލުތަކަށް ޖަވާބު ލިބޭނެ ހެން ހީވޭ.

    ނަމަވެސް، ލިޔުމުން ފާހަގަކޮށްލެވެނީ މި ކަމެއް ނޫން. މުހިއްމީ ކީރިތި ގުރުއާނެއް ވެސް ނޫން. އަދި، ކީރިތި ގުރުއާނުގެ ތަފްސީރެއް ވެސް ނޫން. މުހިއްމީ ހަމައެކަނި އެ ކަން ސޮޕްންސާ ކުރި މީހާ! އެހެންވެ، ލިޔުމުގައި އޮތީ މައިގަނޑު ގޮތެއްގައި އެކަން އެކަނި ފާހަގެ ކުރެވިފައި.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު