Saturday, 13 April 2024

ޣައްޒާ ހޮސްޕިޓަލަށް އަނިޔާވެރި ޔަހޫދީން ދިން ހަމަލާ ރައީސް ކުށްވެރި ކުރައްވައިފި

ފަލަސްތީނުގައި ހުންނަ އަލް އަހްލީ އަލް އަރަބި ހޮސްޕިޓަލަށް ޔަހޫދީން ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ކުށްވެރިކުރައްވައިފިއެވެ.

ރައީސް ޞާލިހް އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ ޣައްޒާގެ އަލް އަހްލީ އަރަބި ހޮސްޕިޓަލަށް އިސްރާއީލުން ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.

"ހޮސްޕިޓަލްތަކަށާއި ހަނގުރާމަ ނުކުރާ މީހުންނަށް އަމާޒުކޮށްގެން ހަމަލާ ދީ ހެދުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ވަރަށް ބޮޑަށް ހިލާފުވުމެއް." ރައީސް ޞާލިހް ވިދާޅުވެފައިވެއެވެ

ޣައްޒާއަސް ދޫކުރަމުންދިޔަ ކަރަންޓާއި ފެންފަދަ ޒަރޫރީ ޚިދްމަތްތައް ކަނޑާލުމުގެ ސަބަބުން އެތައް މައްސަލަތަކެއް ދަނީ މިހާރު ދަނީ ކުރިމަތިވަމުންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި އިޒްރޭލަށް ހަމާސް ޖަމާއަތުން ދިން ކުއްލި ޙަމަލާގައި، އިޒްރޭލުގެ 1500 އަށްވުރެން ގިނަ މީހުންވަނީ މަރާލައި، 200 އެއްހައި އިޒްރޭލު ރައްޔިތު ރަހީނު ކޮށްފައެވެ. ދެފަރާތުން ބަދަލުކުރަމުން އަންނަ ޙަމަލާތަކުގައި، އިޒްރޭލުގެ ބައެއް ރައްޔިތުންނަށް ހާނީއްކަވަމުން ދާއިރު، އިޒްރޭލުން މެދުކެނޑުމެއްނެތި ޣައްޒާއަށް ދެމުން އަންނަ ޙަމަލާތަކުގައި، މިހާތަނަށް ފަލަސްޠީނުގެ 3000 އަށްވުރެ ގިނަ ރައްޔިތުން ޝަހީދުވެ، ޣައްޒާގެ 500 އަށްވުރެން ގިނަ ގެދޮރު ބިމާހަމަވެފައިވެއެވެ. އަދި 150،000 އަށް ވުރެ ގިނަ ރައްޔިތުން މަގުމަތިވެ، 14،000 އަށްވުރެ މީހުންނަށް އެކިވަރުގެ ޒަޚަމްތައް ލިބިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *