Tuesday, 18 June 2024

އަމީނިއްޔާ އެއްދަންފަޅިއަށް ބަދަލުކުރަން ކުރީގެ ސީއެޗްއެސްއީ ބޭނުންކުރަން ފަށަނީ

ސީއެޗްއެސްއީގެ ބާ އިމާރާތް އަމީނިއްޔާ ސްކޫލަށް ހަމަޖައްސަވައި އަމީނިއްޔާ ސްކޫލު އެއް ދަންފަޅިއަށް ބަދަލުކުރަން ނިންމަވައިފިއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި، އެއް ދަންފަޅިއަށް ބަދަލުކުރަން މަސައްކަަތް ކުރަމުން ދަނީ އަންނަ އަހަރު ޖެނުއަރީ މަހުން ފެށިގެން ކަމަށެވެ.

އެގޮތުން ސީއެޗްއެސްއީގެ ބާ އިމާރާތް ވެސް އަމީނިއްޔާއަށް ދިނުމުން ދަތިކަމެއް ނެތި އެ ސްކޫލަށް އެއް ދަންފަޅިއަށް ކިޔަވައިދެވޭނެ ކަމަށާއި، އެތަން އަމީނިއްޔާއަށް ދިނުމުގެ ކުރިން މަރާމާތުތައް ވެސް ކުރަން ޖެހޭ ކަމަށް މަޢުލޫމާތު ލިބެއެވެ.

އަމީނިއްޔާއާ އިންވެގެން ހުންނަ ސީއެޗްއެސްއީގެ ބާ އިމާރާތް ހުސްކޮށް ސީއެޗްއެސްއީގެ ކިޔެވުން ހުޅުމާލޭގެ ފުރަތަމަ ފޭސްއަށް ބަދަލުކުރީ މިދިޔަ އޮގަސްޓު މަހުއަ

ގްރޭޑް އެކަކުން ދިހައަކަށް ކިޔަވައިދޭ އަމީނިއްޔާ ސްކޫލަކީ ރާއްޖޭގައި އަންހެން ދަރިވަރުންނަށް ކިޔަވައިދޭން ފެށި ފުރަތަމަ ސްކޫލެވެ. ނަމަވެސް 2011 އިން ފެށިގެން އެ ސްކޫލުގައި ދަނީ ފިރިހެން ކުދިންނަށް ވެސް ކިޔަވައިދެމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު