Monday, 07 October 2024

ފަލަސްތީނަށްޓަކައި ކޮންމެ ނަމާދެއްގައި ޤުނޫތު ކިޔަން އަންގައިފި

ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަށް އެދި ފަރުޟު ކޮންމެ ނަމާދެއްގައި ޤުނޫތު ކިޔަން އިސްލާމިކް މިނިސްޓްރިން މިއަދު އަންގައިފިއެވެ.

އެ މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައިވަނީ އިސްރާއީލްގެ ޔަހީދުންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބޭ އަނިޔާތަކާއި ލާއިންސާނީ އަމަލުތަކުން ސަލާމަތްކޮށް، އަމާންކަމާއި ކެތްތެރިކަމާއި ރައްކާތެރިކަން ދިނުމަށް އެދި މިސްކިތްތަކުގައި ޤުނޫތު ކިޔަން ހަމަޖައްސާފައިވާ ކަމަށެވެ.

އެހެންކަމުން ހުރިހާ ނަމާދެއްގެ ފަހު ރަކުއަތުގައި އިއުތިދާލުގައި ޤުނޫތު ކިޔަން އިސްލާމިކް މިނިސްޓްރީން އެދިފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ސަރކިއުލާއެއްގައި އެންމެ ފުރަތަމަ ޤުނޫތު ކިއަން އެންގީ ރޭގަނޑުގައި ކިއާ ނަމާދުތަކުގައި އެކަންޏެވެ.

ގުޅުންހުރި:

ފަލަސްޠީނަށް ނަޞްރު ދެއްވުން އެދި ޤުނޫތު ނާޒިލާ ކިޔަން އަންގައިފި

ޣައްޒާއަށް ދޫކުރަމުންދިޔަ ކަރަންޓާއި ފެންފަދަ ޒަރޫރީ ޚިދްމަތްތައް ކަނޑާލުމުގެ ސަބަބުން އެތައް މައްސަލަތަކެއް ދަނީ މިހާރު ދަނީ ކުރިމަތިވަމުންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި އިޒްރޭލަށް ހަމާސް ޖަމާއަތުން ދިން ކުއްލި ޙަމަލާގައި، އިޒްރޭލުގެ 1500 އަށްވުރެން ގިނަ މީހުންވަނީ މަރާލައި، 200 އެއްހައި އިޒްރޭލު ރައްޔިތު ރަހީނު ކޮށްފައެވެ. ދެފަރާތުން ބަދަލުކުރަމުން އަންނަ ޙަމަލާތަކުގައި، އިޒްރޭލުގެ ބައެއް ރައްޔިތުންނަށް ހާނީއްކަވަމުން ދާއިރު، އިޒްރޭލުން މެދުކެނޑުމެއްނެތި ޣައްޒާއަށް ދެމުން އަންނަ ޙަމަލާތަކުގައި، މިހާތަނަށް ފަލަސްޠީނުގެ 3000 އަށްވުރެ ގިނަ ރައްޔިތުން ޝަހީދުވެ، ޣައްޒާގެ 500 އަށްވުރެން ގިނަ ގެދޮރު ބިމާހަމަވެފައިވެއެވެ. އަދި 150،000 އަށް ވުރެ ގިނަ ރައްޔިތުން މަގުމަތިވެ، 14،000 އަށްވުރެ މީހުންނަށް އެކިވަރުގެ ޒަޚަމްތައް ލިބިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު