25 ޖަނަވަރީ 2025

އިންސާނީ ޙައްޤޭ ކިޔައިގެން އަނގަފުޅާކުރާ ބައިގަނޑުގެ މަޅީގައިޖެހޭ ކަމީ ހިތާމަހުރި ކަމެއް: ޝެއިޚް ޝާފިޢު

އިންސާނީ ޙައްޤޭ ކިޔައިގެން އަނގަފުޅާކުރާ ޖަމްޢިއްޔާތަކަކީ ޙަޤީޤަތުގައި އެހެން އެއްޗެއް ނުލިބިގެން އުޅޭ ބައިގަނޑެއް ކަމަށް ޝެއިޚް މުޙައްމަދު ޝާފިޢު ވިދާޅުވެއްޖެއެވެ.

ޝެއިޚް މިހެން ވިދާޅުވީ، މިއަދު ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ޝެއިޚް ޝާފިޢު ވިދާޅުވީ، އިންސާނީ ޙައްޤޭ ކިޔައިގެން އަނގަފުޅާކުރާ ޖަމްޢިއްޔާތަކަކީ ޙަޤީޤަތުގައި އެހެން އެއްޗެއް ނުލިބިގެން އުޅޭ ބައިގަނޑެއް ކަމަށާއި، ބައެއް މުސްލިމުން އެބައިމީހުންގެ މަޅީގައި ޖެހޭ ކަމީ ހިތާމަހުރި ކަމެއްކަމަށެވެ.

"އިންސާނީ ޙައްޤޭ ކިޔައިގެން އަނގަފުޅާކުރާ ޖަމްޢިއްޔާތަކަކީ ޙަޤީޤަތުގައި އެހެން އެއްޗެއް ނުލިބިގެން އުޅޭ ބައިގަނޑެކެވެ. ބައެއް މުސްލިމުން އެބައިމީހުންގެ މަޅީގައި ޖެހޭ ކަމީ ހިތާމަހުރި ކަމެކެވެ." ޝެއިޚް ޝާފިޢު ވިދާޅުވިއެވެ

ޝެއިޚް މިހެން ވިދާޅުވެފައިވާއިރު، ޣައްޒާއަށް ދޫކުރަމުންދިޔަ ކަރަންޓާއި ފެންފަދަ ޒަރޫރީ ޚިދްމަތްތައް ކަނޑާލުމުގެ ސަބަބުން އެތައް މައްސަލަތަކެއް ދަނީ މިހާރު ދަނީ ކުރިމަތިވަމުންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި އިޒްރޭލަށް ހަމާސް ޖަމާއަތުން ދިން ކުއްލި ޙަމަލާގައި، އިޒްރޭލުގެ 1500 އަށްވުރެން ގިނަ މީހުންވަނީ މަރާލައި، 200 އެއްހައި އިޒްރޭލު ރައްޔިތު ރަހީނު ކޮށްފައެވެ. ދެފަރާތުން ބަދަލުކުރަމުން އަންނަ ޙަމަލާތަކުގައި، އިޒްރޭލުގެ ބައެއް ރައްޔިތުންނަށް ހާނީއްކަވަމުން ދާއިރު، އިޒްރޭލުން މެދުކެނޑުމެއްނެތި ޣައްޒާއަށް ދެމުން އަންނަ ޙަމަލާތަކުގައި، މިހާތަނަށް ފަލަސްޠީނުގެ 3000 އަށްވުރެ ގިނަ ރައްޔިތުން ޝަހީދުވެ، ޣައްޒާގެ 500 އަށްވުރެން ގިނަ ގެދޮރު ބިމާހަމަވެފައިވެއެވެ. އަދި 150،000 އަށް ވުރެ ގިނަ ރައްޔިތުން މަގުމަތިވެ، 14،000 އަށްވުރެ މީހުންނަށް އެކިވަރުގެ ޒަޚަމްތައް ލިބިފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު