Thursday, 18 April 2024

ހެނދުނު ނާސްތާ ކުރާށެވެ.

ހެނދުނުގެ ނާސްތާއަކީ ކުޑަދަރިފުޅަށް ވަރަށް މުހިއްމު އެއްޗެކެވެ. ހަމައެފަދައިނ،ް މާބަނޑު ދުވަސް ވަރުގައި މައިމީ ހާވެސް ހެނދުނުގެ ނާސްތާ ކުރުން ލަސް ނުކުރާށެވެ. ބަނޑުގައިވާ ދަރިފުޅު ބޮޑުވަމުންދާ ދުވަސް ވަރުގައިވެސް ކާނާގެ ފައިދާ މެދުކެނޑުމެއްނެތި ދަރިފުޅަށް ލިބެމުން ދިޔުމަށް ބޭނުންވާނެއެވެ.

ހެނދުނު ނާސްތާ ވީހާވެސް އަވަހަކަށް (ހޭލާތާ އެއްގަޑި އިރު ތެރޭގައި) ކުރުމަކީ ހަށިގަނޑުގެ ހަކަތައިގެ މިންވަރު މަތިކޮށް ދެމެހެއްޓުމަށާއި އަދި ފަހުން ބަނޑުހައިވިޔަ ނުދިނުމަށް ވަރަށް މުހިއްމުކަމެކެވެ. ހެނދުނުގެ ނާސްތާ ކުރުމަކީ ހެނދުނު މޭނުބައިކޮށް ހޮޑުލެވުން ދުރުކޮށްދޭނެ ކަމެކެވެ.

ހެނދުނުގެ ނާސްތާގައި ސަރުބީ މަދު ކިރުތައްޓަކާއ،ި މޭވާ (ދޮންކެޔޮވަކެއް) ނުވަތަ ތަރުކާރީ ހިމަނާށެވެ. ތަފާތު ހެދިކާ، އަދި ހުސް ރޮއްޓާއި ރިހާކުރަށްވުރެ ބަނޑުގައިވާ ކުޑަދަރިފުޅަށާއި ތިމާގެ ޞިއްޙަތަށް މިތަކެތި މާ ރަނގަޅުވާނެއެވެ.

ހެނދުނު ކާހިތްނުވާނަމަ އެންމެ ކުޑަމިނުން މޭވާކޮޅެއް، ކުޑަ ޖޯޑެއްގެ ޔޯގަރޓް ނުވަތަ އާދައިގެ ބިސްކޯދު، ސޭންޑްވިޗް ޓޯސްޓްފަދަ އެއްޗެއް ނަމަވެސް ކެވޭތޯ މަސައްކަތް ކުރާށެވެ.


ނޯޓް: މިއީހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ތައްޔާރުކޮށްފައިވާ، "މަންމައާއި ކުޑަ ދަރިފުޅުގެ ކާނާ، ޙަޔާތުގެ ރަން 1000 ދުވަސް" މި އަތްމަތީ ފޮތުން ނަގާފައިވާ މަޢުލޫމާތެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *