25 ޖަނަވަރީ 2025
ކެންސަރު ބައްޔަށްފަރުވާ ކުރަމުންދާ ޣައްޒާގެ ރައްޔިތެއް، ފޮޓޯ: ރޮއިޓަރސް

ޣައްޒާގައި ކެންސަރު ބަލީގެ 9،000 ބަލިމީހުންނަށް ފަރުވާދިނުމަށް ހިޔަނިއެޅި، ހިތްދަތިކަމުގައި

ހައްދުފަހަނައަޅާފައިވާ ލާއިންސާނީ ނިރުބަވެރި ޔަހޫދީ އިޒުރޭލުގެ ޤަތުލުޢާންމުތަކުގެ ސަބަބުން، ޣައްޒާގައި ދިރިއުޅެމުންދާ ކެންސަރު ބަލީގެ 9،000 ބަލިމީހުނަށް ފަރުވާދެވޭނެ މަގުތައް ބަންދުވެފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ކެންސަރުބަލީގެ ޝިކާރައިގައި އެ ބަލި ތަޙައްމަލުކުރަމުންދާ ޣައްޒާގެ ރައްޔިތުންނަށް މިކަމުގައި އެންމެ ބޮޑު ހިޔަންޏެއް އެޅިފައިވަނީ، ޣައްޒާގެ އެންމެ ކާރޫބާރޫ ބޮޑު ސަރަހައްދުގައި ހުންނަ އަލް އަހްލީ އަރަބް ހޮސްޕިޓަލަށް ދިން އުދުވާނީ ހަމަލާގައި، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ މީހުންނާއި، އެތަނަށް ޒިޔާރަތްކުރި މީހުންވެސް ހިމެނޭގޮތުން 500 އަށްވުރެ ގިނަ މީހުން ޝަހީދުވެ އެތައްބަޔަކު ޒަޚަމްވެ އެ ހޮސްޕިޓަލުން ދެމުން އައި ޚިދުމަތްތައް މެދުކެނޑުމުގެ ސަބަބުންނެވެ. މި ހަމަލާގައި މަރުވި މީހުންނާއި، ޒަޚަމްވި މީހުންގެ ތެރޭގައި އެތައް ކުޑަކުދިންނަކާއި މާބަނޑު އަންހެންހެނުން ހިމެނޭއިރު، އެރޭ އުފަންވި ކުދިންވެސް ހިމެނޭކަމަށް ސިއްހީ އިދާރާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މިއީ ފަލަސްޠީނުގެ ރައްޔިތުންނަށް ބަރުދާސްތުކުރައްޖެހިފައިވާ ހިތްދަތި ދަނޑިވަޅެކެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު އަނިޔާވެރި އިޒުރޭލުގެ ޔަހޫދީން ޣައްޒާގެ ބޯޑަރު ބަންދުކޮށް، ދަތުރު ނުކުރެވޭނެ ގޮތަށް މަގުތައް ބަންދުކޮށްފައި ވުމުން، ޚިދުމަތްތައް ދިނުމަށް ބޭނުންވާ ތެޔޮ ނުލިބުމުގެ ސަބަބުން ކަރަންޓް ކެނޑި، ހަމައެހެންމެ ޙަމާލާތަކުގެ ސަބަބުން ހޮސްޕިޓަލްތަކުން ކަރަންޓް ކެނޑިފައިވުމުން، އެހެން ޚިދުމަތްތައް ލިބުމަށް ބުރޫއަރާފައިވާ ފަދައިން ކެންސަރު ބަލީގެ މީހުންނަށްވެސް ފަރުވާ ލިބުމުގައި ވަރަށް ހިޔަންޏެއް އެޅިފައެވެ.

ޓާރކިޝް ފަލަސްޓައިން ފްރެންޑްލީ ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި އެ ހޮސްޕިޓަލުންވެސް ވަނީ ކަރަންޓް ކެނޑި ޚިދުމަތްތައް ދިނުން ހުއްޓުމަކަށް އައިސްފައެވެ. އަދި ކެންސަރުބަލީގެ ފަރުވާއަށް ބޭނުންކުރާ ބޭސް ހުސްވުމުގެ ސަބަބުން އެ ބަލީގެ މީހުންނަށް ފަރުވާދިނުމުގެ ދޮަރުވަނީ ބަންދުވެެފައެވެ.

"އައިސީޔޫއަށް ކަރަންޓް ބޭނުންވޭ، އެކަމަކު ކަރަންޓެއް ނުލިބޭ. އޮކްސިޖަން މެޝިންތައް ވަނީ ހުއްޓިފައި. ކީމޯތަރަޕީ ދިނުން ހުއްޓިފައި." ޓާރކިޝް ފަލަސްޓައިން ފްރެންޑްލީ ހޮސްޕިޓަލުގެ ޙާލަތު ބުނެދިން ޑޮކްޓަރ ބުނެފައިވެއެވެ.

ޣައްޒާގެ ޞިއްޙަތާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ޣައްޒާގައި ހުރި ހަމައެކަނި ކެންސަރ ހޮސްޕިޓަލަށް، ޖައްބާރު ޔަހޫދިން މިސައިލު ޙަމަލާތަކުގެ ސަބަބުން އެ ހޮސްޕިޓަލުގެ ޚިދުމަތް މެދުކެނޑި ކެންސަރު ބަލީގެ މީހުންނަށް ފަރުވާ ދިނުން ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ފަލަސްތީނާއި މިސްރު ބައްދަލުވާ ބޯޑަރ ބަންދުކޮށްފައިވާތީ، ޒަރޫރީ ބޭނުންތަކަށާއި ހޮސްޕިޓަލުތަކުގެ ޚިދުމަތްތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގައި ވަނީ ހުރަސްތަކާ ކުރިމަތިވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު