18 ޖަނަވަރީ 2025

ހަފްތާ ބަންދުގައިވެސް ވިއްސާރަކުރާނެ: މެޓު

ކުރިއަތް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވިއްސާރަކޮށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާބެހޭ ޤާއުމީ އިދާރާއިން ވިދާޅުވީ، ރާއްޖެއަށް ކުރަމުންދަނީ ހުޅަނދު މޫސުމުގެ ވިއްސާރަކަމަށާއި، ވިލާގަނޑުގައި ވައި ގަދަވާނެކަމަށެވެ.

މެދުރާއްޖެއާއި އުތުރުގެ އަތޮޅުތަކަށް ވައިޖެހޭނީ އިރު ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައިކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށްވެސް ވާއިޖެހޭނީ 5 މޭލާއި 15 މޭލުގެ ބާރުމިނުގައިކަމަށާއި، ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.

ރާއްޖޭގެ ސަރަހައްދުގެ ވައި މަޑުވުމާއި ގުޅިގެން ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވެއެވެ. މެޓް އޮފީހުން ވިދާޅުވީ ކުރިއަތް މިއޮތް ހަފްތާ ބަނދުގައި، ހާއްސަކޮން އުތުރާއި މެދު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެކަމަށެވެ.

އެ އިދާރާއިން ވިދާޅުވީ، މި ދުވަސްވަރު ފިނިހޫނުމިން ހުރިހާ ހިސާބެއްގައިވެސް އެވްރެޖްކޮން ރަނގަޅު ވާނެކަމަށް ބެލެވޭކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު