15 ޖަނަވަރީ 2025

ޔަހޫދީން ރުއްސަން އެމެރިކާއާ އެއްގޮތަށް އިނގިރޭސީންވެސް އަނިޔާވެރި ޔަހޫދީންގެ ފައިބުޑަށް

ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ އިސްރާޢީލުގެ އަނިޔާވެރި އަސްކަރިއްޔާއިން ޣައްޒާގެ 2.3 މިލިޔަން މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާގައި ހިތްވަރުދީ ބައިވެރިވުމަށް، އެމެރިކާއާ އެއްގޮތަށް އިނގިރޭސި ވިލާތުން ޔަހޫދީ އިސްރާއީލްގެ ފައިބުޑަށް ގޮސްފިއެވެ. އެ ގޮތުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނާކް ތެލް އަވީވަށް ވަނީ ޒަޔަނިސްޓް އިޒުރޭލުގެ އަނިޔާވެރި ބޮޑު ވަޒީރު މެންޖަމިން ނަތަންޔާހޫއާ އިއްޔެ ބައްދަލުކުރައްވާފައެވެ.

ޔަހޫދީންނަށް ހިތްވަރުދިނުމަށް އެމެރިކާއާއި އިނގިރޭސިން ޤައުމުގައިވެސް ނުތިބެވިގެން އިޒުރޭލުގެ ފައިބުޑަށް ވެއްޓިފައިވާއިރު، ޒަޔަނިސްޓުންގެ މި އުދުވާންތަކުގައި ޝަހީދު ކޮށްލާފައިވާ މުސްލިމުންގެ ޢަދަދު މިހާރު ވަނީ 3,785 އަށް އަރާފައެވެ.

"އިސްރާޢީލަށް މި އާދެވުނީ ކަޅު އަނދިރި ދުވަހެއްގައި. އިސްރާޢީލަށް ހިތްދަތިކަމާއި ހިތާމަޔާ ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި. އިސްރާޢީލާގެ ސަރުކާރާ އެކު ސާބިތުކަމާ އެކު ދެމިއޮންނާނެ. އިސްރާޢީލުގެ ރައްޔިތުންނާ އެކު ދެމި ތިބޭނަން. އަދި، އުންމީދަކީ އިސްރާޢީލަށް ކާމިޔާބީ،" ޔަހޫދީން އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ސުނާކް ވިދާޅުވިއެވެ.

ޙަމާސްއިން ’އޮޕަރޭޝަން އަލް-އަޤްޞާ ފްލަޑް‘ގެ ދަށުން ޔަހޫދީންގެ 1,400 މީހުން މަރައިލާ، 199 މީހުން ރަހީނު ކޮށްފައިވާތީ، ސުނާކް ވަނީ ކަންބޮޑުވެވަޑައިގެންފައެވެ.

ހިތަމައަކީ، ޣައްޒާގެ އަންހެނުންނާއި ކުޑަކުދިންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތައް އޭނާގެ ލޮލަށް ނުފެނުނެވެ. އެ އަނިޔާގެ އެއްވެސް އިޙްސާސެއް އޭނާއަށް ނުކުރެވުމެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް އަނިޔާވެރިވާ އިޒުރޭލު ދިފާޢުކޮށްފައި އޭނާ ވާހަކަ ދައްކާފައިވާއިރު، ޣައްޒާއިން ފެން ކަނޑައިލާފައިވާ ކަމުގެ ވާހަކަ އޭނާ ދައްކަވާފައެއް ނުވެއެވެ. ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ލިބެން އޮތް ހުރިހާ ދޮރެއް ޔަހޫދީ އިސްރާޢީލުން ބަންދުކުރުންވެސް އޭނާއަކަށް ކުށަކަށް ނުވިއެވެ. ޣައްޒާގެ ގިނަ ހޮސްޕިޓަލުތަކުގައި ކަރަންޓު ކަނޑާލުންވެސް އޭނާއަކަށް ކުށަކަށް ނުވިއެވެ. ޔަހޫދީންގެ ހަމަލަތަކުގައި ޝަހީދު ކޮށްލާފައިވާ 3,785 މުސްލިމުންގެ ވާހަކަ ދައްކާލަންވެސް އޭނާއަށް ނުކެރުނެވެ. އިންސާނީ ޙައްޤޭ ކިޔައިގެން ޑިމޮކްރެސީގެ ނަމުގައި މިހިންގާ ބޮޑު ޖަރީމާއާމެދު މިއަދު ވިސްނާކަށް ނުވޭ ހެއްޔެވެ؟

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާޢީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ މުސްލިމުންގެ ޢަދަދު މިހާރު ވަނީ 3,785 އަށް އަރާފައެވެ. މަރުވެެފައިވާ މީހުންގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ. ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ބަދަލު ހިފުމުގެ ގޮތުންނެވެ. ފަލަސްޠީނުގެ ވަސްވެސް ފޮހެލުމަށްޓަކައެވެ.

ޙަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާ ގުޅިގެންނެވެ. އަދި ހަމައެހެންމެ ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު