އިސްރާއިލުގެ ފަތުރުވެރިން ރާއްޖެއަށް މި ވަގުތު ނުދިއުމަށް އެ ޤައުމުގެ ރައްޔިތުންނަށް އިސްރާއީލްގެ ހައްދުފަހަނަ އެޅި ސަރުކާރުން އިލްތިމާސްކޮށްފިއެވެ.
އިސްރާއިލުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ހައްދުފަހަނަ އެޅި އިސްރާއިލާ ދެކޮޅު ޝުއޫރުތައް ރާއްޖޭގައި މި ދުވަސްވަރު އިންތިހާއަށް އިތުރުވެފައިވާތީ، މި ވަގުތު ރާއްޖެއަށް ނުދިއުމަށް އެދޭ ކަމަށެވެ.
އިސްރާއިލުގެ ރައްޔިތުން ރާއްޖެ ނާންނަން އެންގިއިރު ފަލަސްތީނަށް އިސްރާއިލުން ދެމުންގެންދާ އިންސާނިއްޔަތުކަމެއް އަމަލުތަކުގެ ސަބަބުން އަނިޔާވެރި އިޒުރޭލް ޔަހޫދީން ރާއްޖެ އެތެރެވިޔަ ނުދިނުމަށް ގިނަ ބަޔަކު ވަނީ އަޑުއުފުލާފައެވެ. ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިންވެސް ގެންދަވަނީ އިޒުރޭލުން ރާއްޖެއައުމާ ދެކޮޅަށް އަޑުއުފުއްލަވާފައެވެ. މީގެ އިތުރުން، އިސްރާއިލުގެ ރައްޔިތުން ރާއްޖެ އައުން ހުއްޓުވަން ގޮވާލައި މަޖިލީހަށް ގަރާރެއް ވެސް ވަނީ ހުށަހަޅައިފައެވެ.
މިދިޔަ ހުކުރު ދުވަހު ވެސް މުޅި ރާއްޖޭގައި ފަލަސްތީނާއެކު ތިބިކަން ހާމަކޮށް ވަރުގަދަ މުޒާހަރާތަކެއް ކޮށްފައިވާ ކަން ފާހަގަކުރެވެއެވެ.
އަނިޔާވެރި ޔަހޫދީ އިސްރާއިލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު މިމަހުގެ 7 ވަނަ ދުވަހު ހަނގުރާ ފަށާފައިވާއިރު، ހަމާސްއިން ދަނީ މިއިން ޒަމާނަކުވެސް އިސްރާއިލަށް ނުދޭ ވަރުގެ ވަރުގަދަ ހަމަލާތަކެއް ރައްދުކޮށްފައެެވެ. އެކަންވީ އެމީހުންނަށް ކުއްލި ސިހުމެއް ގެނުވި، އަދި ބަދަލު ހިފުމުގެ ރޫހު އުފެދުނު ކަމަކަށެވެ.
އިޒްރޭލުން ޣައްޒާ އަށް ހަމަލާ ދޭން ފެށުމަށްފަހު، އިޒްރޭލުން ވަނީ ޣައްޒާ އިން ފެނާއި ކަރަންޓުގެ ޚިދުމަތް ކަނޑާލައިފައެވެ. އަދި އެތަކެއް ދަތިކުރުންތަކަކާއި އަނިޔާވެރިކަމެއް އިސްކުރަމުންދާ އިޒުރޭލުން ތެލުގެ ބާވަތްތަކާއި ވިޔަފާރި މުދަލާއި ކާޑުގެ ބާވަތްތަކާއި ކާބޯތަކެތި އިޒްރޭލުގެ ތެރެއިން ޣައްޒާ އަށް ފޮނުވުން ހުއްޓުވާފައިވެއެވެ. އިޒްރޭލުގެ އެ ފިޔަވަޅާ ގުޅިގެން، ޣައްޒާގެ 2.3 މިލިއަން މީހުން ހާލުގައި ޖެހިފައިވާ ކަމަށް، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ބައިނަލްއަޤްވާމީ ޖަމިއްޔާ ޖަމާޢަތްތަކުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ރާއްޖެ ކުރިވަރު ކުރަން ކެރުނު ޢަރަބި ގައުމެއް ނެތް! މުހައްމަދުސަލްމާން މެން ނިދާފަ. ޢެމެރިކާ ދަށުވެފަ
މިވަގުތަކަށްނޫން އެއްގޮތަކަށްވެސް ނާންނަންވީ. އަންނަން ހުއްދަވެސްނުދެންވީ.