15 ޖަނަވަރީ 2025

އަލްޤުދުސަކީ އިބްރާހިމްގެފާނާއި ގިނަ ނަބިއްޔުންގެ ފަސްގަނޑު؛ އެއީ މުސްލިމުންގެ ޙައްޤެއް: ޚުތުބާ

އަލްޤުދުސަކީ ސަލާމްލެއްވި އިބްރާހިމްގެފާނާއި އެކަލޭގެފަނުގެ ދަރިފަސްކޮޅުން ވަޑައިގެންނެވި ގިނަ ނަބިއްޔުންގެ ފަސްގަނޑުކަމަށާއި، އެ ބިމަކީ ޔަހޫދިންގެ ނުވަތަ ޒަޔަނިސްޓުންގެ ތަނެއްގެ ގޮތުގައި ތާރީޚީ ގޮތުންވެސް އަދި ދީނީ ގޮތުންވެސް ކަނޑައެޅޭކަށް ނެތްކަމަށެވެ. އަދި އަލްމަސްޖިދުލް އަޤްޞާއަކީ މުސްލިމުންގެ ޙައްޤެއްކަމަށްވެސް ޚުތުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ މަސްޖިދުލް އަޤްޞާގެ މާތްކަންކަމުގެ މައްޗަށެވެ.

އަލްމަސްޖިދުލް އަޤްޞާ މިނިވަންކޮށް ފަލަސްޠީނުގެ ރައްޔިތުންގެ ގެއްލިފައިވާ ޙައްޤުތައް އަނބުރާ އިޢާދަ ކުރެވޭތޯ ގަދައަޅައި މަސައްކަތްކުރުމަކީ މުސްލިމު ޤައުމުތަކުގެ ސަރުކާރުތަކާއި ރައްޔިތުންގެ މައްޗަށް އޮތް ވަރަށް މަތިވެރި ވާޖިބެއްކަމަށް ޚުތުބާގައި ވިދާޅުވިއެވެ.

މި ބިންމަތީގައިވާ އެންމެ މާތް ބިނާތަކާއި މިސްކިތްތަކުގެ ތެރޭގައި އަލްމަސްޖިދުލް ހަރަމްއާއި އަލްމަދީނަތުލް މުނައްވަރާގައިވާ އަލްމަސްޖިދުއް ނަބަވީއާއި ފަލަސްތީންގެ އަލްޤުދްސްގައިވާ އަލްމަސްޖިދުލް އަޤްޞާކަން ފާހަގަކުރައްވަމުން، އަލްމަސްޖިދުލް އަޤްޞާއަކީ މުސްލިމުގެ ފުރަތަމަ ޤިބުލަކަން ހުކުރު ޚުތުބާގައި ވިދާޅުވިއެވެ.

"އަދި ތިމަން ރަސްކަލާނގެ އެކަލޭގެފާނާއި ލޫތްގެ ފާނު ސަލާމަތް ކުރައްވާ، ޢާލަމް ތަކަށްޓަކައި ތިމަން ރަސްކަނލާގެ ބަރަކާތްލެއްވި ބިމަށް ފޮނުއްވީމެވެ." އަދިވެސް ވަހީކުރައްވާފައިވެއެވެ. އަދި ތިމަން ރަސްކަނލާގެ ސުލައިމާނުގެ ފާނަށް ވައިރޯޅި ގަދަޔަށްޖެހޭ ގޮތުގައި ޚިދުމަތްތެރި ކުރެއްވީމެވެ. ތިމަން ރަސްކަލަނާގެ އެ ބިމުގައި ބަރަކާތް ލެއްވި ބިމަށް، އެކަލޭގެފާނުގެ އަމުރުފުޅަށް، އެ ވައިރޯޅި ހިނގައިދާ ގޮތުގައެވެ. އަދި ތިމަން ރަސްކަލާނގެ ކޮންމެ ކަމެއް ދެނިވޮޑިގެންވަމެވެ." ކީރިތި ގުރުއާނުގައި މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނާއިގައިވެއެވެ.

އަލްޤުދުސަކީ ސަލާމްލެއްވި އިބްރާހިމްގެފާނާއި އެކަލޭގެފަނުގެ ދަރިފަސްކޮޅުން ވަޑައިގެންނެވި ގިނަ ނަބިއްޔުންގެ ފަސްގަނޑުކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ. އެގޮތުން ސަލާމްލެއްވި ދާއޫދުގެފާނުގެ ވެރިކަމުގައި އެކަލޭގެފާނު ވެރިކަން ކުރެއްވި ރަށްކަން ޚުތުބާގައި ވިދާޅުވިއެވެ. އަދި އެއީ އެކަލޭގެފާނުގެ ލޮބުވެތި ދަރިކަލުން ސަލާމްލެއްވި ސުލައިމާން އަލައިހިސަލާމުގެ ބޮޑުވެރިކަން ހިންގެވި މާތް ބިންކަމަށާއި، އެއީ އިންސަނިއްޔާތުގެ ތާރީޚު ދުށް، އެންމެ ވަރުގަދަ އެންމެ ބާރުވެރި ވެރިކަންކަން ކަމަށާއި، އެފަދަ ދެވަނަ ވެރިކަމެއް ދެން ދުނިޔެއިން ނުދެކޭނެކަމަށާއި، އެ ބިމަކީ ޔަހޫދިންގެ ނުވަތަ ޒަޔަނިސްޓުންގެ ތަނެއްގެ ގޮތުގައި ތާރީޚީ ގޮތުންވެސް އަދި ދީނީ ގޮތުންވެސް ކަނޑައެޅޭކަށް ނެތްކަމަށެވެ. އަދި އަލްމަސްޖިދުލް އަޤްޞާއަކީ މުސްލިމުންގެ ޙައްޤެއްކަމަށްވެސް ވިދާޅުވިއެވެ.

"ޔަހޫދީ އެއްކަމުގައިވެސް އަދި ނަޞާރާއެއް ކަމުގައިވެސް އިބްރާޙިމްގެފާނު ނުވެއެވެ. އަދި ކިއެއްތަ! އެކަލޭގެފާނު ވަނީ ބާޠިލް މަގުން އެއްކިބާވެ، ޙައްޤުދީނަށް ތަބާވެގެންވާ މުސްލިމްއަކު ކަމުގައެވެ. އަދި ޝަރީކުކުރާ މީހުންގެ ތެރެއަކުންވެސް އެކަލޭގެފާނު ނުވެއެވެ. ހަމަކަށަވަރުން މީސްތަކުންކުރެ، އިބްރާހިމްގެ ފާނަށް (ނިސްބަތްވުމުގައި) އެންމެ އައުލާކަން ބޮޑީ، އެކަލޭގެފާނަށް ތަބަޢަ ވީ މީހުންނާއި މި ނަބިއްޔާއާއި،(އެބަހީ: މުޙައްމަދުގެ ފާނާއި) އީމާންވި މީހުންނެވެ. ﷲ އީ، އީމާންވި މީހުންނަށް އެހީތެރިވެ ވާގިވެރިވެ ވޮޑިގެންވާ ރަސްކަލާނގެއެވެ."ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ.

އަލްމަސްޖިދުލް އަޤްޞާއާއި އެ މިސްކިތް ހިމެނޭ ބިން އަލްޤުދުސް ވަނީ ޒަޔަނިސްޓު ޔަހޫދީންގެ އިސްތިއުމާރުގެ ދަށުގައިކަމަށާއި އެތަނުގެ ޙުރުމަތް ކަނޑައި އެތަން ތަޅާލުމަށްޓަކައި އަނިޔާވެރި އެތައް އަމަލުތަކެއް ހިންގަމުންދާކަން ފާހަގަކުރައްވާފައވެ. އަދި އެ ޢަމަުލުތަކަކީ ފަލަސްޠީންގެ މުސްލިމް ނަސްލު އެކީއެކަށް ނައްތާލުމުގެ އަނިޔާވެރި ހަރަކާތް ތަކެއްކަމަށާއި އެކަން ހަރުކަށީ އިމާބާރުތުން ހުކުރު ޚިތުބާގައި ވަނީ ކުށްވެރިކުރައްވާފައެވެ.

އުންމީދު ކަނޑާ ނުލުމަށާއި އަލް މަސްޖިދުލް އަޤްސާއަށާއި ނިކަމެތިވެފައިވާ މުސްލިމުންނަށްޓަކައި އިޚުލާސްތެރިކަމާއި މަޑުމައިތިރިކަމާއެކު ދުޢާކުރުމަށް ވަނީ ޚުތުބާގައި ނަސޭހަތްތެރިވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު