18 ޖަނަވަރީ 2025

ޣައްޒާގެ 11،000 އިމާރާތް ބިމާ ހަމަވެ، 92،000 މީހުންގެ ގެދޮރު ގެއްލިފައި

ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ޔަހޫދީ އިސްރާއިލުން ދެމުންދާ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ވޭތުވެދިޔަ 12 ދުވަހުގެ ތެރޭގައި، ޣައްޒާގެ 11،000 އަށްވުރެ ގިނަ އިމާރާތް ބިމާ ހަމަވެއްޖެއެވެ. ހައްދުފަހަނައަޅާފައިވާ ޒައިނިސްޓް އިޒުރޭލުގެ ހަމަލާތަކުގެ ސަބަބުން 92،000 އަށްވުރެ ގިނަ މީހުންވަނީ ބޯހިޔާވަހިކަމުން މަޙްރޫމުވެ މަގުމަތިވެފައެވެ.

ރިޕޯޓުތައް ބުނާގޮތުން ޣައްޒާގައި ދިރިއުޅެމުންދާ އާބާދީގެ 5 އިންސައްތަ މީހުންވަނީ ބޯހިޔާވަހިކަން ގެއްލި، ރެފިޔުޖީ ކޭމްޕްތަކަށް ދާން ޖެހިފައެވެ.

Image

މީހުން ދިރިއުޅޭ ތަންތަނަށް ޙަމަލާދީ ކުށެއް ނެތް މީހުން މެރުމަކީ ހަނގުރާމައިގެ ކުށެކެވެ. ހަމައެހެންމެ، ހޮސްޕިޓަލްތަކާއި ޞިއްޙީ ފަރުވާ ދިނުމަށް ބޭނުން ކުރާ އެހެން މަރުކަޒުތަކާއި ޢިމާރާތްތަކަށް ހަމަލަ ދިނުމަކީ ހަނގުރާމައިގެ ކުށެކެވެ. ނަމަވެސް، ޒަޔަނިސްޓު އިސްރާޢީލުގެ އަސްކަރިއްޔާއިން ވަނީ ޣައްޒާގައި ހުންނަ އަލް-އަހްލީ ޢަރަބި ހޮސްޕިޓަލަށް ވެސް ދާދި ފަހުން ރަޙުމު ކުޑަ ހަމަލައެއް ދީފައެވެ. އަދި، 470 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައެވެ.

މިހިނގާ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާޢީލުގެ ޖައްބާރު އަސްކަރިއްޔާއިން ދަނީ ޣައްޒާއަށް މެދުކެނޑުމެއް ނެތި ބޮން އަޅަމުންނެވެ. މުޅި ދުނިޔެއިން ކުށްވެރި ކޮށްފައިވާ މި އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 3,785 އަށް އަރާފައެވެ. އޭގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 10,000 އަށްވުރެ އިތުރުވާނެ ކަމަށް ބެލެވެއެވެ. ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ.

ފަލަސްޠީނަށް މިނިވަންކަން ހޯދައިދިނުމަށްޓަކައި، ޙަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ޚިޔާލަކީ މިހާވަރު ޣަޒާއަށް ވެގެންދިޔައިރު އެތާކައިރީގަ ތިބިއަރަބި ގައުމުތައް ތިބީނިދާފަތޯ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު