ފަލަސްޠީނަށްޓަކައި އިމްރާން ތެދުވުމުން، އެއްވެސް ތަރުޙީބެއް ނުލިބުނު ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި، މިސަރުކާރުގެ ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އެއްބަސްވެއްޖެއެވެ.
އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއްވެސް ފަރާތަކުން އިންޒާރު ދިނަސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
އިމްރާން އެއްވުމެއް ބޭއްވުމަށް މަސައްކަތް ކުރެއްވުމުން އެތައް ބައެއްގެ ނުރުހުން އޭނާއަށް އަމާޒުވިއެވެ. އަދި އޭނާގެ ހޯމް މިނިސްޓަރުކަމުގައި އެތައް ބައެއްގެ ޙައްޤަށް އަރައިގަނެ، ދީނީ އިލްމުވެރިން ހައްޔަރުކޮށް ނުޙައްޤުން ކަންކަންް ހިންގަވާފައިވާ ކަމަށް އެ ފަރާތްތަކުން ތުހުމަތުކޮށްފައިވެއެވެ.
އަދި މިކަމާ ގުޅިގެން އޭނާ ވިދާޅުވެފައިވަނީ ފަލަސްތީން ރައްޔިތުންގެ ޙައްޤުގައި ފަރުދީގޮތުން ކުރެވުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށާއި އެއްވެސް ފަރާތެއްގެ އިންޒާރަކަށް އަދި ބިރު ދެއްކުމަކަށް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
މިހެންވިދާޅުވުމުން އޭނާއަށް އެކަމުގައި އެއްވެސް ތަރުޙީބެއް ލިބިގެން ގޮސްފައި ނުވާކަން އެނގިގެން ގޮސްފިއެވެ.
ފަލަސްތީނަށް ތާއީދުކޮށް ބޮޑު އެއްވުމެއް އިންތިޒާމު ކުރަމުންދާކަން އިމްރާން ވަނީ ދާދިފަހުން އިއުލާން ކުރައްވައިފައެވެ. ނަމަވެސް އެ އެއްވުމާ ބެހޭ އިތުރު ތަފުސީލެއް އެއްވެސް ވަރަކަށް އިމްރާން ނުދެއްވައެވެ. އަދި އެކަން އިޢުލާންކުރެއްވީ އޭނާ ރައީސްކަން ކުރައްވާ އަދާލަތު ޕާޓީއާ މަޝްވަރާކުރެއްވުމަކާވެސް ނުލައެވެ. ނަމަވެސް، ފަލަސްތީނު ރައްޔިތުންގެ ޙައްޤުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދާދިފަހުން ވަނީ ނިންމަވާފައެވެ.
އިސްލާމީ އުންމަތުގެ ޙައްޤުގައި ކޮންމެ މުސްލިމެއްގެ ފަރުދީ ޒިންމާ އަދާކުރުން ލާޒިމްވާ މިވަގުތުގައި، ކޮންމެ ފަރުދަކުމެ އެމީހަކަށް ކޮށްދެވޭނެ އެއްމެ ބޮޑުކަމަކީ ކޮބައިތޯ ވިސްނާ ފިކުރުކޮށް އެކަމަކަށް އަވަސްވެ ގަތުމަށް ގޮވާލައްވައިލައްވަމުން، މިއީ ހަމައެކަނި ފަލަސްތީނާއި ގުޅުން ހުރި މައްސަލައެއް ނޫން ކަމަށާއި މިއީ މުޅި އިސްލާމީ އުއްމަތާއި ގުޅިފައިވާ މައްސަލައެއް ކަމުގައި އިމްރާން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގައި ދިވެހި ރައްޔިތުން އަންނަނީ މުހިއްމު ޙަރަކާތްތަކެއް ހިންގަމުންނެވެ.
އަނިޔާވެރި އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ހިތްދަތިކަމުގައި ތިބި ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން ހާމަކުރުމުގެ ގޮތުން، 'ދިވެހިން ފަލަސްތީނާ އެކު’ގެ ނަމުގައި މާލޭ މަޖީދީމަގުގައި ރޭ ބޮޑު ހިނގާލުމެއް ވަނީ ބާއްވާފައެވެ.
ރަސްފަންނު ބީޗުން ރޭ 8:30 ހާއިރު ފެށި މި ހިނގާލުން ހެންވޭރު ދަނޑުން ނިންމާލާފައިވާއިރު، އެއްވުމުގެ ބައިވެރިން ވަނީ ފަލަސްތީނުގެ ދިދަ އާއި ޕޯސްޓަރުތައް ހިފައިގެން ތިބެ އެމީހުންގެ ޝުއޫރު ފާޅުކޮށްފައިވެއެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާއި އިތުރު ބައެއް ޖަމިއްޔާތައް ގުޅިގެން ބޭއްވި އެ އެއްވުން ނިންމާލީ ފަލަސްތީނަށް ނަސްރު ދެއްވުމަށް އެދި ކުރެވުނު ދުޢާ އަކުންނެވެ.
ދިވެހީންގެ އެތައް ސަތޭކަ ބަޔަކު ބައިވެރިވި މި އެއްވުމުގައި ދިވެހިން ވަނީ ހަރުއަޑުން ތަކުބީރު ކިޔައި، ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށާއި ފަލަސްތީނު މިނިވަންކުރުމަށް އަޑުއުފުލައިފައެވެ.
އިޒްރޭލުގެ ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮތަށް ހަދައި އެ ޤައުމު ބޮއިކޮޓް ކުރުމަށް ވެސް ހިނގާލުމުގެ ބައިވެރިން ގޮވާލަމުން ދިޔައެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ފަލަސްތީނަށް ސަޕޯޓްކުރަން އެކަމު އިމްރާނުއިސްހުރެ އިންތިޒާމްކުރިކަމެއްވީމަ ހަމަނުދިޔައީ އިމްރާނަކީ ސިޔާސީމީހެއް މިކަންސިޔާސީކުރަންބޭނުންނުވާތީ ހަމަނުދިޔައީ އިމްރާނަށް ބާރުލިބުނީމަ ހެދިގޮތްފެނިއްޖެ މަރުހޫމް އަފްރާޝީމްގެ ޤާތިލުންގެ ކިތާބީހެކިދެއްކި ވެރިކަންހޯދަންބޭނުންކުރި އުކުޅަކަށްއެކަންވެގެންދިޔަތަންފެނުނީ މިވަރުގެ ދޮގުވެރިޔަކުމަނުދެކެން މާތްاللهގަންދީހުވާކޮށްފަ އެއެއްވުމުގަބުނީ އަފްރާޝީމްގެ ގާތިލުންނަށް ފިލާނުތިބެވޭނެކަމަށް ….