Thursday, 18 April 2024

މަކުނުދޫގައި އެއްޗެއް ގޮވައި ދެ މީހަކު މަރުވެއްޖެ

ހދ. މަކުނުދޫގައި ނަރުދަމާގެ މަސައްކަތް ކުރަމުންދިޔަ ސައިޓެއްގައި އެއްޗެއް ގޮވައި، ދެ މީހަކު މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިއަދު ހިނގި އެ ހާދިސާގައި ދެ މީހަކު މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ ސައިޓުގައި ބާރުގަދަ ގޮވުމެއް ގޮވައި، މަރުވެފައިވަނީ ދެ ބިދޭސީން ކަމަށް މަޢުލޫމާތު ލިބެއެވެެ.

ފުލުހުން ފަހުން ވިދާޅުވީ، އެ ރަށު ބަނދަރުމަތީގައި ހުރި ސައިޓުގައި ގޮވާފައިވަނީ ގޭސް ފުޅިއެއް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

އެ ހާދިސާގައި މަރުވީ ބިދޭސީ ދެ ފިރިހެނުން ކަން ވެސް ފުލުހުން ޔަގީންކޮށްދެއްވާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *