Wednesday, 22 May 2024

އިންތިޚާބީ ރައީސަށް މަރުޙަބާ ވިދާޅުވެ، އުރުދުޣާން ފާހަގަކުރެއްވީ ފަލަސްތީނަށް އެހީތެރިވުމުގެ މުހިއްމުކަން

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ފޯނުން ގުޅުއްވާ އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ، ފަލަސްތީނުގެ ރައްޔިތުުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ތުރުކީވިލާތުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުންދާކަމަށް އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

އުރުދުޣާންގެ ފޯނުން ގުޅުއްވައި، މިދިޔަ ސެޕްޓެމްބަރުމަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބު ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބުކުރެއްވުމާ ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ދެންނެވިއެވެ.

މި ފޯނު ކޯލުގައި ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ޔަހޫދީ ސިފައިން ފަލަސްތީނުގެ ރައްޔިތުންނަށް ހުއްޓުމެއްނެތި ދެމުންދާ ޙަމަލާތަކާއެކު މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަމާއި، އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކާގުޅޭގޮތުން  ވާހަކަފުޅު ދެއްކެވިކަމަށް ތުރުކީވިލާތުގެ ސަރުކާރުން ކުރެއްވި އެކްސްގައި ވިދާޅުވެފައިވެއެވެ.

https://x.com/Communications/status/1715739489258131758?s=20

ހަމައެހެންމެ، މި ފޯނު ކޯލުގައި ތުރުކީގެ ރައީސް އުރުދުޣާން ވަނީ މެދުއިރުމަތީގައި ސުލްޙައާއި ހަމަޖެހުން ޤާއިމުކޮށް، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ތުރުކީވިލާތަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި، މިކަމުގައި އެޅެންހުރި ފިޔަވަޅުތައް އަޅުއްވަމުންގެންދަވާކަމަށް ވިދާޅުވެފައެވެ.

ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި، ހަމާސްއިން އިޒުރޭލަށް ފޮނުވާލި މިސައިލުތަކާ ގުޅިގެން އަނިޔާވެރި އިޒުރޭލުގެ ދައުލަތުން ހިންގަން ފެށި ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންނަށް، ޚާއްޞަކޮށް ޣައްޒާގެ ރައްޔިތުންނަށް މިވަނީ ހިތްދަތި ދުވަަސްތަކެއް ކުރިމަތިލާންޖެހިފައެވެ. މިހިނގާ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހިނގަމުންދާ ފަލަސްތީނު އިސްރާއީލު ހަނގުރާމައިގައި ޣައްޒާއިން މިހާތަނަށް ފަލަސްޠީނުގެ 4137 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ.

ރަޙްމެއް އިންސާނިއްޔަތު ކަމެއް ނެތް ޒައިނިސްޓް ޔަހޫދީންގެ ވިހަގަދަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި، މީގެތެރޭގައި 1524 ކުޑަކުދިންނާއި 1000 އަންހެނުންނާއި 11 ނޫސްވެރިން ހިމެނޭ ކަމަށާއި، އަދި ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 13،000 އަށް އަރާފައިވާ ކަމަށާއި،  މީގެތެރޭގައި 2000 ކުޑަކުދިންނާއި 1400 އަންހެނުން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަމައެހެންމެ ހައްދުފަހަަނަ އަޅާފައިވާ ލާއިންސާނީ އިސްރާއީލުގެ ޔަހޫދީން ހުޅަނގު އައްސޭރިއަށް ދެމުންދާ ހަމަލާތަކުގައި 81 މީހަކު ޝަހީދުވެފައިވާއިރު 1300 މީހުން ޒަޚަމްވެފައިވެއެވެ. އަދި 860 އަށް ވުރެ ގިނަ މީހުން އިސްރާއީލުން ހައްޔަރުކޮށްފައިވެއެވެ.

ފަލަސްތީނުން އިސްރާއީލަށް ދެމުންދާ ހަމަލާތަކުގައި 1403 މީހުން މަރުވެފައިވާއިރު، 4629 މީހުން ޒަޚްމުވެފައިވެއެވެ. ހަމާސްއިން އަސީރުންގެ ގޮތުގައި ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ އިސްރާއީލުގެ 203 މީހުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *