16 ފެބުރުވަރީ 2025

މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ ބިލު އަވަސްކުރުމަށް އިންތިޚާބީ ރައީސް ގޮވާލައްވައިފި

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ޞިއްހީ ރައްކާތެރިކަމުގެ ބިލުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އެދިވަޑައިގަންނަވައިފިއެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ ހދ. މަކުނުދޫގައި ގޭސް ފުޅިއެއް ގޮވައި، ދެ މީހަކު މަރުވި ހިތާމަވެރި ހާދިސާއާއި ގުޅިގެން ނެރުއްވި ބަޔާނުގައެވެ.

ޑރ. މުޙައްމަދު މުޢިއްޒު ނެރުއްވި ބަޔާނުގައި ހދ. މަކުނުދޫގައި ހިނގައިދިޔަ މި ހިތާމަވެރި ހާދިސާގައި 2 މީހަކު ނިޔާވި ޚަބަރު އެހީ ފުން ހިތާމައާއި އެކުގައިކަމަށް ވިދާޅުވެ، މަކުނުދޫގައި ހިނގި ހާދިސާގެ އިތުރުން މިމަހުގެ 19 ވަނަ ދުވަހު ހދ. ކުޅުދުއްފުށީގައިވެސް މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގާފައިވާކަން ފާހަގަކުރެއްވިއެވެ.

މި 2 ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބު ތަހުގީގުކޮށް، މިފަދަ ހިތާމަވެރި ކަންކަން ތަކުރާރުނުވާނެހެން ފިޔަވަޅު އެޅުއްވުމަށް ކަމާއިބެހޭ މުއައްސަސާތަކަށް ގޮވާލައްވަމުން، 2 ހާދިސާވެސް ހިނގާފައިވަނީ މަސައްކަތުގެ މާހައުލުގައިކަމުން މިފަދަ ހާދިސާތައް މަދުކޮށް މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުޅި މުޖްތަމައުގެ ހުރިހައި ފަރާތްތަކުން ޒިންމާދާރުވުމަށް އިންތިޚާބީ ރައީސް އެދިވަޑައިގެންނެވިއެވެ.

އެހެންކަމުން، މިފަދަ މައްސަލަތަކަށް ނިޒާމީ ގޮތެއްގައި ހޯދަންޖެހޭ ހައްލުތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ބިލުގެ މަސައްކަތް މަޖިލިސް މެންބަރުން އަވަސްކޮށްދެއްވުމަށްވެސް އިންތިޚާބީ ރައީސްގެ ބަޔާނުގައި އެދިވަޑައިގެންނެވިއެވެ.

ހދ. މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވައި މިއަދު ހިނގި ޙާދިސާގައި ނިޔާވެފައިވަނީ އެރަށު އެއަރޕޯޓު ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ބިގްފިޝް މޯލްޑިވްސްގެ ބިދޭސީ ދެ މުވައްޒަފުންނެވެ. އަދި ކުޅުދުއްފުށީގައި ބުރާސްފަތިދުވަހު ހިނގި ހާދިސާގައި އަނިޔާ ލިބުނު ދިވެހި ފިރިހެން މީހާގެ ހާލު އަދިވެސް ސީރިއަސްކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު