Thursday, 20 June 2024
ފަލަސްޠީނުގެ ދިފާޢުގައި އެތައް ހާސް ރައްޔިތުން ލަންޑަންގެ މަގުތަކަށް، ފޮޓޯ: ރޮއިޓާސް

ޣައްޒާގައިވަނީ ލޭގެ ކޯރުތައް؛ ފަލަސްޠީނުގެ ދިފާޢުގައި އެތައް ހާސް ރައްޔިތުން ލަންޑަންގެ މަގުތަކަށް

ޓެރަރިސްޓް ޔަހޫދީންގެ ލާއިންސާނީ ޤަތުލުއާންމުތަކުގެ ސަބަބުން އެތައް ހާސް ރައްޔިތުން ޝަހީދުވަމުން ދިޔުމާއެކު ޣައްޒާގައި ވަނީ ލޭގެ ކޯރުތައް އުފެދިފައެވެ. މުޅި ދުނިޔެ އެކަމާ ދަނީ ހިތާމަކުރަމުންނެވެ. ފަލަސްޠީނުގެ ދިފާޢުގައި އެތައްހާސް މީހުން ލަންޑަންގެ މަގުމައްޗަށް ނިކުމެ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި އަޑު އުފުލައިފިއެވެ.

އެ އެއްވުމުގައި ގޮވާލާފައިވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާވެރި އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށެވެ. ފަސޭހަ ކަމާއެކު އެހީގެ ސާމާނު ފަލަސްޠީނުގެ ރައްޔިތުންނަށް ފޯރުކޮށްދެއްވޭނެ މަގު ތަނަވަސްކޮށްދިނުމަށެވެ.

މި މުޒާހަރާގައި އެއްލައްކައަށްވުރެ ގިނަ ރައްޔިތުން ބައިވެރިވެފައިވާކަމަށް ލަންޑަނުގެ ފުލުހުން ހާމަކޮށްފައިވެއެވެ. މިއެއްވުމަށް ކިޔާފައިވާ ނަމަކީ، "ނެޝަނަލް މާޗް ފޮރ ފަލަސްޠީން" އެވެ.

އެއްވުމުގައި ގޮވާލަމުން ދިޔައީ، އެމީހުންތިބީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށާއި، އެތައް އަހަރެއް ވަންދެއް ފަލަސްޠީނު އަޅުވެތިކޮށް، ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުން އަންނަ އަނިޔާ ހުއްޓާލުމަށެވެ. 

ފަލަސްޠީނުގެ ދިފާޢުގައި އެތައް ހާސް ރައްޔިތުން ލަންޑަންގެ މަގުތަކަށް، ފޮޓޯ: ރޮއިޓާސް


"ފްރީ ފަލަސްޠީން" ޖަހާފައިވާ ބެނާތަކާއެކު ފަލަސްޠީނުގެ ދިދަ ހޫރުވަމުން ކުރިއަށް ގެންދިޔަ ހިނގާލުމުގައި ލަންޑަންގެ މަގުތަކުގައި، ފަލަސްޠީނު މިނިވަން ކުރުމަށް ގޮވާލާފައިވެއެވެ. މިހިނގާލުން ނިންމާލާފައިވަނީ އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކުގެ އޮފީސް ކުރިމަތީގައިވެސް އަޑު އުފުލުމަށްފަހުގައެވެ.

Demonstrators hold a banner, at a protest in solidarity with Palestinians in Gaza, in London

ފަލަސްޠީނުގެ ދިފާޢުގައި އެތައް ހާސް ރައްޔިތުން ލަންޑަންގެ މަގުތަކަށް، ފޮޓޯ: ރޮއިޓާސް


ހައްދުފަހަނަ އަޅާފައިވާ ޓެރަރިސްޓް އިޒުރޭލުގެ ޔަހޫދީ ފައުޖުދަތަކުން ރޭވެސް ފަލަސްޠީނުގެ 50 މީހުން ޝަހީދުކޮށްލައިފިއެވެ. އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާޢީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ މުސްލިމުންގެ ޢަދަދު މިހާރު ވަނީ 4،000 އިން މައްޗަށް އަރާފައެވެ. އޭގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ. ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ.

ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރަމުންދާ ޙަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު