29 އެޕްރީލް 2025

ކުރިއަށް އޮތް ދެ ދުވަހުވެސް އުތުރަށް މޫސުން ގޯސް

ކުރިއަށް އޮތް ދެ ދުވަހުވެސް އުތުރުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ނިމޭ ހިސާބުގައި ކުރާ ވިއްސާރަކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

އެ އިދާރާއިން ވިދާޅުވީ ބޮޑަށް ވިއްސާރަ ކުރަކުރާނީ އުތުރާއި މެދު ރާއްޖެތެރެއަށްކަމަށާއި، އެގޮތުން މިއަދާ މާދަމާވެސް އެ ސަރަހައްދުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށެވެ.

ރ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް ހުދު ސަމާލުވެސް ނެރެފައިވާއިރު، ހުދު ސަމާލު ނެރެފައިވަނީ މެންދުރު ކުރި 11:30 އިން ހަވީރު 17:30 އަށެވެ. އުތުރާއި މެދުރާއްޖެ ތެރެއަށް ވިއްސާރަކުރިނަމަވެސް ވައިގަދަ ނުވާނެކަމަށާއި، ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާނުކުރެވޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.

ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެ މޫސުމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އެ އިދާރާއިން އިލްތިމާސްކުރައްވައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އަންނަ ބުދަ ދުވަހުން ފެށިގެން އަލިވާންފަށާނެކަމަށްވެސް އެ އިދާރާއިން ލަފާކުރައްވައެވެ. އުތުރާއި މެދުރާއްޖެ ތެރެއަށް ވިއްސާރަ ކުރިނަމަވެސް، ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެ ކަމަށްވެސް ލަފާކުރައްވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު