18 ޖަނަވަރީ 2025

ސަރުކާރު އޮތީ ބޮންސުންލާފައި، ޓްރާންސިޝަން މަސައްކަތުން އެކަން ހާމަވެއްޖެ: ސިޔާމް

ސަރުކާރު ބޮއްސުންލާފައިވާ މިންވަރު ޓްރާންސިޝަން މަސައްކަތްތަކުގެ ތެރޭގައި ހާމަވެގެންދިޔަކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ރޭ ވިދާޅުވެއްޖެއެވެ.

ސިޔާމް މިހެން ވިދާޅުވެފައިވަނީ ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ޝިޔާމް ވިދާޅުވީ ބައެއް އިދާރާތަކުން ޓްރާންސިޝަން މަސައްކަތްތަކަށް އެކަށީގެންވާ އެއްބާރުލުން ނުދެއްވާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށާއި، މި މަރުޙަލާގައި ސަރުކާރުގެ އެކި ވުޒާރާތަކާއި ކުންފުނިތަކާއި އަދި މުއައްސަސާތައް ޖަވާބުދާރީކުރުމުގެ މަސައްކަތްތައް ކުރެވުނު ކަމަށާއި ސަރުކާރުގެ ކަންކަން ބޮއްސުންލާފައިހުރި މިންވަރު ހާމަވެގެންދިޔަކަމަށެވެ.

"އެއީ މިދެންނެވި ގޮތައް ވަރަށް ގިނަ ކަންކަން ބޮއްސުންލާފައި ވަރަށް ގިނަ ކަންކަން އެނގިވަޑައިގަންނަވާނެ، އެ ހުރީ ރައްޔިތުންނަށް ވީ ވައުދު ނުފުއްދިފަ. އެކިކަހަލަ ކަންކަން މެދުވެރިވެގެން. އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ ގައުމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްކަން." ސިޔާމް ވިދާޅުވިއެވެ.

ސިޔާމް އިތުރަށް ވިދާޅުވީ، ވަކިން ޚާއްސަކޮށް އިޤްތިޞާދީ ހާލަތާއި ޤައުމުގެ ދަރަނިީގެ ކަންކަމުގައި ވަރަށް ބޮޑު ކަންބޮޑުވާ ކަމަށެވެ.

ކޮމިޓީތަކާއި ސަބް ކޮމިޓީތަކުން ބައެއް އިދާރާތަކަށް ގޮސް މައުލޫމާތުތައް އެއްކުރި ހިސާބުން ހަގީގަތުގައިވެސް އެބޭފުޅުން ހީކުރިވަރަށްވުރެ ކަންކަން ގޯސްކަމަށާއި، ބައެއް އިދާރާތަކުގައި ރަނގަޅަށް އެކައުންޓު ކުރެވިފައެއްވެސް ނެތް ކަމުގައި ޝިޔާމް ވިދާޅުވިއެވެ.

މިހާރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުއާއި ބައްދަލުކުރައްވައި ޓްރާންސިޝަންގެ މަސައްކަތްތައް އަމާންކަމާއިއެކު ކުރިއަށް ދާނެކަމަށް ވިދާޅުވިނަމަވެސް އެ މަގުން ކަންތައްތައް ނުދާކަމަށާއި، ބައެއް މުއައްސަސާތަކުން އެއްބާރުލުން ދެއްވާކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ މިހާރު ޓްރާންސިޝަން ކޮމިޓީގެ މަސައްކަތްތައް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި ރިޕޯޓު ކޮމްޕައިން ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

ސަރުކާރުން ފުރިހަމަ އެއްބާރުލުން މި މަސައްކަތުގައި ނުލިބުނު ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން މި މަސައްކަތްތަކުގައި ލިބިވަޑައިގަންނަވާކަން ފާހަގަ ކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ޓްރާންސްޕޯޓް ވަޒީރު ހުންނަނީ ރައީސައްވުރެވެސް މަތީގަ. އޭނާ ރައީސް ބުނާގޮތެއް ނުހަދާއިރު އޭނާ ބޭނުންހާ ގައުމަކަށް ފޮނުވާ ބުނާހާކަމެއް ރައީސް ކުރަންޖޭގޮތެއް ބަލަން އެބަޖެހޭ. އިންތިގާލީ ކޮމެޓީ އާއި ބައްދަލުކުރާނެ ހިއްވަރެއް އޭނާގެ ނެތް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު