Thursday, 18 April 2024
އެމްޓީސީސީ، އާރުޓީއެލް ބަސް ޑްރައިވަރުންނާއި ޑްރައިވަރުންގެ އެހީތެރިންނަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމް، ފޮޓޯ: ޕޮލިސް

އާރުޓީއެލް ބަސް ޑްރައިވަރުންނަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ފަށައިފި

އެމްޓީސީސީ، އާރުޓީއެލް ބަސް ޑްރައިވަރުންނާއި ޑްރައިވަރުންގެ އެހީތެރިންނަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.

މިއަދުން ފެށިގެން ނޮވެމްބަރު 5 އަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތުދޭނެ ކަމަށާއި، އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި އުޅަނދު ދުއްވުމުގައި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތުދޭނެ ފުލުހުން ހާމަކުރައްވައެވެ.

އޭގެ އިތުރުން، ބަސް ދަތުރުގެ ގަވާއިދުތަކާއި، ދަތުރަށް ތައްޔާރުވުމުގެ ގޮތުން ކުރަންވީ ކަންކަމުގެ މައުލޫމާތުގެ އިތުރުން އެކްސިޑެންޓެއް ދިމާވާ ހާލަތުގައި އަމަލުކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ހާމަކުރައްވާފައިވާ ގޮތުގައި، މި ޕްރޮގްރާމަކީ ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ބަސްދަތުރުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ރައްކާތެރިކަން ގާއިމުކުރުމުގެ ގޮތުންނާއި، ހިދުމަތް ދިނުމުގައި ދިމާވާ ނުރައްކާތެރި ހާދިސާތައް މަދުކުރުމާއި، ޑްރައިވަރުންގެ މަސައްކަތުގެ މާހައުލުގައި ރައްކާތެރި ވެއްޓެއް ގާއިމުކުރުމަށް ރޯޑް ޕޮލިހާއި އެމްޓީސީސީ ގުޅިގެން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *