Friday, 11 October 2024

ސެޕްޓެމްބަރު މަހު، ކުޑަކުދިންނަށް ކުރާ އަނިޔާގެ 92 މައްސަލައެއް ރިޕޯޓްކޮށްފި

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 92 މައްސަލަ މިދިޔަ ސެޕްޓެމްބަރު މަހު ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޖެންޑާ މިނިސްޓްރީން  ވަނީ ސެޕްޓެމްބަރު މަހު އެ މިނިސްޓްރީއަށް ހުށަހެޅި، މައްސަލަތަކުގެ ތަފާސްހިސާބުތައް މިއަދު ހާމަކޮށްފައެވެ. އެގޮތުން އެ މަހުގެ ތެރޭގައި ޖުމުލަ 213 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

އޭގެ ތެރޭގައި އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލައެވެ. އެ ބާވަތުގެ 96 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ޖެންޑާއިން ބުނެއެވެ.

މައްސަލަ ރިޕޯޓްކޮށްފައިވާ އަދަދު:

  • ޖިންސީ އަނިޔާކުރުމުގެ 23 މައްސަލަ
  • އިހުމާލުގެ 20 މައްސަލަ
  • ޖިސްމާނީ އަނިޔާގެ 15 މައްސަލަ
  • ނަފްސާނީ އަނިޔާގެ 3 މައްސަލަ
  • ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 16 މައްސަލަަ
  • ނަފްސާނީ އަނިޔާ ކުރުން ނުވަތަ އަނގަ ބަހުން ކުރެވޭ އަނިޔާގެ 10 މައްސަލަ
  • ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 39 މައްސަލަ

އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ ހަތަރު މައްސަލަ އާއި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ ހަ މައްސަލައެއްގެ ހުށަހެޅިފައިވާ ކަމަށް ޖެންޑާއިން ވިދާޅުވެއެވެ. އޭގެ އިތުރުން، ކުޑަކުދިންނަށް ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ ދެ މައްސަލައާއި އެނޫންވެސް އެހެން ބާވަތުގެ އަނިޔާގެ ތިން މައްސަލަ ހުށަހެޅި އެޓެންޑްކުރެވިފައިވާ ކަމަށެވެ.

އަދި، މައްސަލަ އާއި ޖިންސީ އަނިޔާގެ ހަތަރު މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ ހަ މައްސަލައާއި އިހުމާލުގެ އެއް މައްސަލަ ހުށަހެޅި އެޓެންޑްކުރެވިފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު