Thursday, 20 June 2024

ޑރ. އަނާރާ ނައީމް މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަނީ

2024ގައި އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާކަން މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަނާރާ ނަޢީމް އިޢުލާން ކުރައްވައިފިއެވެ.

އެކަމަނާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެކަން އިޢުލާން ކުރައްވާފައިވާފައިވެއެވެ.

އެކަަމަނާ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާކަން އިޢުލާން ކުރައްވާފައިވާއިރު،  ޕީޕީއެމް ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުއަށް ތާޢީދު ކުރައްވަން ނިންމަވާ ނިންމެވިކަން ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ހާމަކުރެއްވިއެވެ.

އެކަމަނާ އެކަން ހާމަކުރައްވަމުން ވިދާޅުވީ، ދިވެހީންނަށްފަހި ހަރުދަނާ ޚާރިޖީ ސިޔާސަތެއް ގެންގުޅުއްވާނެ ކަމަށާއި އިސްލާމްދީނުގެ އުޞޫލުތަކަށް ރިޢާޔަތްކުރައްވާނެ ކަމަށާއި އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ޑރ. މުޢިއްޒު ދެއްވި ކަމަށެވެ.

ޑރ. ނައީމް މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ދާއިރާއެއް އަދި ވާދަކުރައްވާ ޙައިސިއްޔަތު ވިދާޅުވެފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިބީ 87 މެމްބަރުންނެވެ. އެހެންނަމަވެސް މިހާރު އެ އަދަދު މި ވަނީ 93 އަށް އިތުރުވެފައެވެ.

މި ފަހަރުގެ އިންތިހާބަށް، ބައެއް ދާއިރާތަކުގެ ނަމަށް ވެސް ބަދަލު އައިސްފައިވާއިރު، ހުޅުމާލެ ދާއިރާގެ ނަން، ހުޅުމާލެ ދެކުނު ދާއިރާއަށް، ކ. ގުރައިދޫ ދާއިރާގެ ނަން މާފުށި ދާއިރާއަށް، ތ. ގުރައިދޫ ދާއިރާގެ ނަން ގުރައިދޫ ދާއިރާއަށް އަދި ފޭދޫ ދާއިރާގެ ނަން ފޭދޫ ދެކުނު ދާއިރާގެ ނަމަށް ބަދަލުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާ ގޮތުގައި އިންތިޚާބީ ދާއިރާތަކުގެ ނަންތައް ކަނޑައަޅާފައިވަނީ 31 މެއި 2023 ގެ ނިޔަލަށް ކޮންމެ ރަށެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީއަށް ބަލާ، ކޮންމެ އިންތިޚާބީ ދާއިރާއެއްގައި ހިމެނޭ ރަށްތަކުގެ ތެރެއިން އާބާދީ އެންމެ ބޮޑު ރަށެއްގެ ނަން އެދާއިރާއަކަށް ނިސްބަތްވާގޮތަށް ނަން ކިޔައިގެންނެވެ. އަދި އެއްރަށެއްގައި އެއް އިންތިޚާބީ ދާއިރާއަށްވުރެ ގިނަ ދާއިރާ ހިމެނޭނަމަ އެރަށެއްގައި ހިމެނޭ ދާއިރާތަކަކަށް ނަން ކިޔާފައިވަނީ ސަމުގާ މިސްރާބަށް ބަލައިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް އިތުރުވާ ގޮނޑިތައް:

• މާލޭ ސިޓީ އަށް 2 ގޮނޑި: ހުޅުމާލެ މެދު ދާއިރާ، ހުޅުމާލެ އުތުރު ދާއިރާ
• އައްޑޫ ސިޓީ އަށް 1 ގޮނޑި: ފޭދޫ އުތުރު ދާއިރާ (ފޭދޫ، މަރަދޫފޭދޫ)
• މާޅޮސްމަޑުލު ދެކުނުބުރިއަށް (ބ. އަތޮޅު) 1 ގޮނޑި: ހިތާދޫ ދާއިރާ (ހިތާދޫ، މާޅޮސް، ދަރަވަންދޫ)
• މާލެ އަތޮޅަށް 1 ގޮނޑި: ހުރާ ދާއިރާ (ހުރާ، ހިންމަފުށި، ގުޅީ)
• ހުވަދުއަތޮޅު އުތުރުބުރިއަށް (ގއ. އަތޮޅު) 1 ގޮނޑި: ކޮލަމާފުށި ދާއިރާ (ކޮލަމާފުށި، ދެއްވަދޫ)

މި ބަދަލާއެކު، އޭދަފުށި، ވިލިނގިލި އަދި މީދޫ ދާއިރާގައި އޮންނާނީ އެ ދާއިރާއަށް ނިސްބަތްވާ ރަށް އެކަނިކަމަށާއި، ބައެއް އިންތިޚާބީ ދާއިރާތަކުގެ ނަމަށްވެސް ބަދަލު އައިސްފައިވާކަންވެސް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ހަބީބް ވިދާޅުވިއެވެ.

އެގޮތުން ބަދާއިރު، ހުޅުމާލެ ދާއިރާގެ ނަން، ހުޅުމާލެ ދެކުނުދާއިރާއަށް، ގުރައިދޫ ދާއިރާގެ ނަން މާފުށި ދާއިރާއަށް، ތ. ގުރައިދޫ ދާއިރާގެ ނަން ގުރައިދޫ ދާއިރާ އަދި ފޭދޫ ދާއިރާގެ ނަން ފޭދޫ ދެކުނު ދާއިރާގެ ނަމަށް ބަދަލުވުން ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު