Tuesday, 23 July 2024

ފަލަސްތީނުގައި އިޒްރާއީލުން ނަސްލު ނައްތާލުމަށް ހިންގާ ޖަރީމާތައް ހުއްޓާލުމަށް ގޮވާލަން: ދުންޔާ

ފަލަސްތީނުގައި އިޒްރާއީލުން ނަސްލު ނައްތާލުމަށް ހިންގާ ޖަރީމާތައް ހުއްޓާލުމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ގޮވާލައްވައިފިއެވެ.

އެކަމަނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެންމެނަށްވެސް އެނގޭ ޙަޤީޤަތަކީ އިޒްރާއީލަކީ އިސްތިއުމާރީ ބާރެއްކަން ކަމާއި، އަދި ފަލަސްތީނު އިސްތިއުމާރުކޮށްގެން އުޅޭތާ 75 އަހަރު ވެއްޖެކަމެވެ.

" އަޅުގަނޑުމެން އެންމެނަށްވެސް އިނގޭ ހަގީގަތަކީ އިޒްރާއީލަކީ އިސްތިއުމާރީ ބާރެއްކަން, އަދި ފަލަސްތީނު އިސްތިއުމާރުކޮށްގެން އުޅޭތާ 75 އަހަރު ވެއްޖެކަން." ދުންޔާ ވިދާޅުވިއެވެ.

އިޒްރާއީލުން މިދަނީ ހޮސްޕިޓަލްތަކާއި އާއްމު ރައްޔިތުންނަށް އަމާޒުކޮށް އެތަކެއް ހަމަލާތަކެއް ދެމުންކަމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަލަސްތީނަށް ސަޕޯޓްކޮށް އިޒްރާއީލާ ދެކޮޅަށް އަޑު އުފުލަމުން ދާއިރުވެސް, ދުނިޔޭގެ ލީޑަރުން ވަނީ މިކަމަށް ބީރުކަންފަތެއް ދީފައި ކަމަށް ދުންޔާ ވިދާޅުވިއެވެ.

"ކޮންމެ ދުވަހަކުވެސް އެތަކެއް ފުރާނަތަކެއް ގެއްލި ދާއިރު ހަނު ހުރުމުގެ ބަދަލުގައި, ހަރުކަށި ފިޔަވަޅު އަޅަން ދުނިޔޭގެ ލީޑަރުންނަށް އަޅުގަނޑު ގޮވާލަން!"  ދުންޔާ މިފަދައިން ދުނިޔޭގެ ލީޑަރުންނަށް ގޮވާލެއްވިއެވެ.

ދުންޔާ މިފަދައިން ވިދާޅުވެ ޓްވީޓު ކުރައްވާފައިވާއިރު، ޣައްޒާގެ މުސްލިމުންނަށް އިޒްރާއީލުން ދެމުންދާ އުދުވާނީ ހަމަލާތައް މީގެ ކުރިންވެސް ކުށްވެރިކުރައްވަމުން ގެންދަވާފައިވެއެވެ.

ޣައްޒާގައި ހުންނަ އަލް އަހްލީ ހޮސްޕިޓަލަށް އިޒްރޭލުން ބޮން އަޅައި، އެތައް މުސްލިމުންނެއް ޝަހީދުކޮށްލި ހާދިސާ އާއި ގުޅިގެން ވިދާޅުވެފައިވަނީ އެ ހަމަލާއަކީ މި ޤަރުނުގައި ވެސް ހޮސްޕިޓަލަކަށް ދެވުނު އެންމެ ނުރައްކާތެރި ހަމަލާ ކަމަށް މީގެކުރިން އެކަމަނާ ވިދާޅުވެފައިވެއެވެ.

"ޑޮލަރުގެ ދަހިވެތިކަމުގައި ސަރުކާރުން އިޒްރާއީލުގެ ޕާސްޕޯޓް ބޭން ކުރަން ނުކެރި ތިއްބާ އިޒްރާއީލުން ރާއްޖެއަށް ދަތުރުކުރުމާ ދެކޮޅަށް އިންޒާރުދީފި! ސަރުކާރުން މިކަމުގައި ކުރިން ވަރުގަދަ ސްޓޭންޑެއް ނަގާ، ޔަހޫދީ ޓުއަރިސްޓުން އައުން މަނާ ކުރިނަމަ މާ ރަނގަޅުވީސް!" ފަލަސްޠީނުގެ ޙައްޤުގައި މީގެ ކުރިން އެކަނާ އެކްސްގައި މިފަދައިން ވިދާޅުވެ ސަރުކާރަށްވެސް ހޫނު ރައްދެއް ދެއްވާފައިވެއެވެ.

ހަމައެހެންމެ، ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކުގައި އެމެރިކާއާއި އިނގިރޭސިވިލާތުގެ ބައިވެރިވުން އޮތްކަން ހާމަވަމުންދާ ކަމަށާއި، ހުޅަނގުގެ ބައިވެރިވުން އޮތްކަން މުޅި ދުނިޔެއަށް ވެސް ދަނީ ފެންނަމުން ކަމަށް ދުންޔާ ވިދާޅުވެފައެވެ.

ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫންގެ ފޮރިން މިނިސްޓަރުކަމުގައި ރާއްޖޭގެ ތަސައްވުރު ދުނިޔެއަށް ހާމަކޮށްދެއްވުމަށް ހަރުދަނާ ގޮތެއްގައި މަސައްކަތްކޮށްދެއްވާ ޚާރިޖީ ދާއިރާއިން ރާއްޖެއަށް އެތަކެއް ކުރިއެރުންތަކެއް ހޯއްދަވައިދެއްވާފައިވެއެވެ. އަދި ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި އަޑުއުފުއްލެވިއެވެ.

ދުންޔާ މި މޭރުމުން ވާހަކަ ދައްކަވައި ފަލަސްޠީނުގެ ޙައްޤުގައި ބަސްފުޅު ވިދާޅުވެފައިވާއިރު، ހައްދުފަހަނަ އަޅާފައިވާ ޓެރަރިސްޓް އިޒުރޭލުގެ ޔަހޫދީ ފައުޖުދަތަކުން ރޭވެސް ފަލަސްޠީނުގެ 50 މީހުން ޝަހީދުކޮށްލައިފިއެވެ. އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާޢީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ މުސްލިމުންގެ ޢަދަދު މިހާރު ވަނީ 4،000 އިން މައްޗަށް އަރާފައެވެ. އޭގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ. ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ.

ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރަމުންދާ ޙަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ

 

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ކަމަނާއާއި ކަމަނާ ބައްޕަ ހަމަ ބުނާއިރަށް މިހާރު އެމީހުން ހަގުރާމަ އެ ހުއްޓީއެވެ. ހިތުންމީ ވަރަށް މުހިންމު ބަޔެކެވެ.

  2. ދުންޔާތިޔަހެންގޮވާލަނީކޮންހައިސިއްޔަތަކުންއަމއްލަހައިސިއްޔަތުންނުވަތަޕާޓީއެއްގެހައިސިއްޔަތުންތޯނުވަތަސަރުކާުގެހައިސިއްޔަތުންތޯ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު