7 ފެބުރުވަރީ 2025

ރަކީދޫ ސްކޫލްގައި ސެޓެލައިޓް ސްކޫލް ނިޒާމުން ކިޔަވައިދޭން ފަށައިފި

ވ ރަކީދޫ ސްކޫލުގައި ސެޓެލައިޓް ސްކޫލުގެ ނިޒާމުން ކިޔަވައިދެން މިއަދު ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު ވިދާޅުވެފައިވަނީ، ވ. ރަކީދޫ ސްކޫލްގައި ސެޓެލައިޓް ސްކޫލް ނިޒާމުން މިއަދު ކިޔަވައިދޭން ފެށިފައިވާ ކަމަށާއި އެ ސްކޫލްގެ ކިޔެވުން ފެށުނީ 3 ދަރިވަރުންނާ އެކުގައި ކަމަށެވެ. ރަކީދޫގައި މި ނިޒާމުން ކިޔަވައިދޭން ފަށާފައިވަނީ ސަރުކާރުން އަލަށް ތަރައްޤީކުރި ސްކޫލު އިމާރާތުގައެވެ.

އެސްކޫލުގެ ކިޔެވުން ފެށިފައިމިވަނީ ސަރުކާރުގެ ރަސްމީ ތައުލީމީ ނިޒާމުން އެރަށުގައި ދިރިއުޅެމުންދާ ހަތަރު ކުދިން ބާކީވެފައިވާ މައްސަލައެއް މިމަހުގެ ކުރީ ކޮޅު ފެންމަތިވެފައިވަނިކޮށެވެ. އެކަމާއި ގުޅިގެން އެރަށު ކައުންސިލުންވެސް ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް ސިޓީއެއްވެސް ފޮނުއްވާކަމަށް މަޢުލޫމާތުލިބެއެވެ.

ސެޓެލައިޓް ޕްރޮގްރާމަކީ އާބާދީ މަދުވެ، ސުކޫލުގައި ކިޔަވާ އުމުރުގެ ކުދިން މަދުވެ ސުކޫލު ނެތް ރަށްރަށުގެ ދަރިވަރުން ކަނޑު ހުރަސްކޮށް އެހެން ރަށްތަކަށް ސްކޫލަށް ދާން ޖެހޭ ދިއުން ނިމުމަކަށް ގެނައުމަށް ސަރުކާރުން ފެށި ޕްރޮގްރާމެކެވެ.

ރާއްޖޭގެ 6 ރަށެއްގައި މިހާރު މިވަނީ ސެޓެލައިޓް ސްކޫލް ވަނީ ޤާއިމްކޮށްފައެވެ. އެއީ ބ. ފެހެންދޫ، ބ. ފުޅަދޫ، ގއ. ކޮނޑޭ، އދ. ދިއްދޫ، ވ. ތިނަދޫ އަދި ވ. ރަކީދޫ އެވެ. މިއަދު ރަކީދޫ ސްކޫލްގައި ކިޔަވައިދޭން ފެށުމާއެކު، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މިހާރު ކިޔަވައިދޭ ސްކޫލެއް ހުންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު