ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަޙްމަދު ޝަހީދު ޔަހޫދީ އިސްރާއީލަށް ތާއިދުކޮށް، ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުގައި މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތަކީ ނިރުބަވެރި ޖަމާއަތެއްގެ ގޮތުގައި ސިފަ ކުރުމަކީ ދިވެއްސެއްގެ ޙައިސިއްޔަތުން ކޮންމެ މީހަކުވެސް ކަންބޮޑުވާނެ ކަމެކެވެ. އެއީ އިންސާނީ ޙައްޤު ތާޖުއަޅައިގެން އެކަމަށް ވަކާލާތުކުރާ ބަޔަކަށްވެސް ކުރި ބޮޑު ފުރައްސާރައެކެެވެ.
އޭނާ މިހެން ބުނާ ވީޑިއޯއެއް އާއްމުކޮށްފައިވަނީ "އެކްސް" ގައެވެ. އޭނާ އާއްމު ކުރި އެ ވީޑިއޯގައި އޭނާ އިސްރާއިލަށް ތާއިދު ކުރާތީ ޝުކުރު އަދާކޮށްފައިވެއެވެ. އެ ވީޑިއޯ މިހާރު ޑިލީޓްކޮށްލާފައި ވީނަމަވެސް ބައެއް މީސްމީޑިއާ ޕްލެޓްފޯމުތަކުގައި އެ ވީޑިއޯ ދަނީ ދައުރުވަމުންނެވެ.
އެ ވީޑިއޯގައި ޑރ. ޝަހީދު ބުނެފައި ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޔަހޫދީންނާ ދެކޮޅަށް ހިންގާ ނަސްލީ ތަފާތުކުރުންތަކާއި ދެކޮޅަށް މިވީ ހަ ވަރަކަށް އަހަރު އޭނާ މަސައްކަތްކޮށްފައިވާ ކަމަށާއި، އިސްރާއީލުގެ ޔަހޫދީން މިހާރު ތަހައްމަލު ކުރަމުންދާ ތަޖުރިބާތައް އިހުސާސް ވެސް ކޮށްލަންދަތި ކަމަށާއި ހާއްސަކޮށް ޔަހޫދީންގެ ތެރެއިން މުޅި އާއިލާ އެއްކޮށް ގެއްލުނު ފަރާތްތަކަށް ބަލާއިރު ހާހަކަށްވުރެ ގިނަ ކަމަށެވެ. އަދި އެއީ ބަލައިގަނަވޭނެ ކަމެއް ނޫން ކަމަށްވެސް ބުންޏެވެ.
ހަމާސްގެ މި ހަމަލާތައް ދުނިޔޭގެ ވެރިން ކުށްވެރި ކުރި ފަދައިން އޭނާވެސް މިހަމަލާތައް ކުށްވެރި ކުރާ ކަމަށާއި، މި ހަމަލާތަކަކީ ނަފްރަތާއި، މި ފަދަ އަނިޔާވެރިކަން އައުން އެކަށީގެން ވަނީ ހަމައެކަނި ޔަހޫދީންނާ ދެކޮޅަށް އޮތް ވަރުގަދަ ނަފުރަތާއި ތަފާތުކުރުންތަކުގެ ސަބަބުން ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ޑރ. ޝަހީދު މިފަދައިން ވާހަކަދައްކައި ޕޯސްޓެއް ކުރިއިރު، ޔަހޫދީން ފަލަސްތީނަށް ދެމުންގެންދާ ވަރުގަދަ ހަމަލާތަކުގައި އެތައް ބައެއްގެ ގެދޮރު ގެއްލި އެތައް ކުޑަކުދިންތަކެއް ވަނީ ޝަހީދުވެފައެވެ. އަދި ޔަހޫދީންގެ މި ހަމަލާތައް މުސްލިމް އެތައް ޤައުމަކުން ދަނީ ކުށްވެރި ކުރަމުންނެވެ. ދިވެހި ރައްޔިތުންވެސް ދަނީ ފަލަސްޠީނުގެ ޙައްޤުގައި އެއްވުންތަކާއި އަޑުއުފުލުމުގެ ޙަރަކާތްތައް ބާއްވައި އެހީތެރިވުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ.
އިސްލާމީ އުންމަތަށް ޒައިނިސްޓް ޔަހޫދީން ދުއްތުރާކޮށް، ފަލަސްޠީނުގެ މުސްލިމު ނަސްލު ދުއްވާލުމަށްޓަކައި ހައްދުފަހަނަ އަޅާފައިވާ ޔަހޫދީން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތަކަކީ އެއް ގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެއީ އިންސާނީ ޙައްޤޭ ކިޔައިގެން އަޑުއުފުލާ ފަރާތްތަކަށް ޙިމާޔަތްކޮށް ވާގިވެރިވެވޭ ވަރަށް ވުރެ ދަށު ދަރަޖައިގެ ލާއިންސާނީ ޢަމަލުތަކެކެެވެ. ޙައްޤުން އެއްކިބާވެ، އިސްލާމީ އުންމަތަަށް ގޮންޖެހެން އޮތް ކަމެއްވެސް ނުމެ ނޫންމެއެވެ. ޣައްޒާގެ ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިން އެ ނުބައި ނުލަފާ ޔަހޫދީންގެ ވަކިތަކުގެ ދަށުގައި އަނިޔާވެރި ޒަޚަމުތަކުން ދުނިޔެ ދޫކުރަމުންދާއިރު ރަޙުމެއް ހުރި އިންސާނަކަށް އެކަން ބަލައިގަނެވޭނީ ކިހިނަކުން ހެއްޔެވެ؟ އެ އަނިޔާއާއި އެ ނުބައި ރޭވުންތަކުގެ ޝިކާރައަކަށްވެ، އިންސާނީ ނަސްލެއް ލޭގެ ކޯރުތަކުގައި ދެމި، މި ބިންމަތިން ފޮހެވިގެންދާ މަންޒަރު ބަލަން ހަމަ ކެތްވަނީ ހެއްޔެވެ؟
ކިޔުންތެރިންގެ ޚިޔާލުތައް:
ފަލަސްތީނު ހަގުރާމާގަ ނަސީދުއާ ނަސީދުގެ ޕާޓީގެއެއްވެސް ހަބަރެއްނުވެ ތާއީދުކުރަނީކޮންކޮޅަކަންކަމެއްވެސް.ނޭގެ
ބޮޑެތި ޙަރުބި ކާފަރުންގެ ގޮތުގައި އުޅޭމީހެއް މުސްލިމްކަމަށް ހެދިގެން.
ހަމާސް ކުދިންނޭ މިކަލޭގެ ދުވަސް ދުއްވާލާ ޔަހޫދީންނާއެކު