ޔަހޫދީންގެ ޙިމާޔަތަށް އެމެރިކާގެ ބަރު ހަތިޔާރު އަނެއްކާވެސް ފޮނުވަނީ؛ އިންސާނީ ޙައްޤުތައް ކަފުންކޮށް ވަަޅުލައިފި

ޔަހޫދީ އަނިޔާވެރި ދަޢުލަތުގެ ޙިމާޔަތަށްޓަކައި، އިތުރު ބަރު ހަތިޔާރު މެދުއިރުމައްޗަށް ފޮނުވުމަށް ނިންމާފައިވާކަމަށް އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކޮށް، އެމެރިކާގެ ދިފާޢީ ވަޒީރު އޮސްޓިން ނެރުއްވި ބަޔާނެއްގައި އޭނާ ވިދާޅުވެފައިވަނީ ޔަހޫދީ ދަޢުލަތުގެ ޙިމާޔަތަށް އިތުރު ތާޑް މަރުކައިގެ ދިފާޢީ ނިޒާމާއި ޕެޓްރިއޮޓް މަރުކައިގެ ދިފާޢީ ނިޒާމު މެދުއިރުމައްޗަށް ފޮނުވުމަށް ނިންމާފައިވާކަމަށެވެ. އެ ނިޒާމުތަކުން ބެލިސްޓިކް މިސައިލާއި ކުރޫޒު މިސައިލް ޙަމަލާތަކުން ދިފާޢުކޮށްދިނުމުގެ ޤާބިލުކަން ލިބިގެންވެއެވެ. ނަމަވެސް އެ ނިޒާމުތައް ފޮނުވުމަށް ނިންމާފައިވަނީ ކޮން ޤައުމަކަށް ކަމެއް އޮސްޓިން ހާމަކުރައްވާފައެއް ނުވެއެވެ/

މަޢުލޫމާތު ލިބޭގޮތުގައި އެ ނިޒާމުތައް ބަހައްޓާނީ ޢިރާޤާއި ސޫރިޔާގައި އެމެރިކާއިން ޤާއިމުކޮށްފައިވާ އަސްކަރީ މަރުކަޒުތަކުގައެވެ. މާޒީއަށް ބަލާއިރު ހަނގުރާމަވެރި ޖަމާޢަތްތަކުންވަނީ އެ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ޙަމަލާ ދީފައެވެ. ހަމައެހެންމެ ޔަހޫދީ ބާރުތަކަށް ވާގިވެރިވާ އެމެރިކާއިން ވަނީ ޔަމަނުން ފޮނުވައިލި ގިނަ ޢަދަދެއްގެ މިސައިލުތަކަކުންވެސް ޔަހޫދީ ދަޢުލަތް ސަލާމަތްކޮށްދީފައެވެ. އެ މިސައިލުތަކާ ކުރިމަތިލާފައިވަނީ ރަތް ކަނޑުގައި ޙަރަކާތްތެރިވަމުންދިޔަ އެމެރިކާގެ މަނަވަރަކުންނެވެ. އެ ޙަމަލާ ދީފައިވަނީ ޔަހޫދީ ދަޢުލަތް ޙިމާޔަތް ކުރުމަށް އެމެރިކާއިން މެޑިޓެރޭނިއަން ކަނޑަށް މަނަވަރުތައް ޖަމާކޮށްފައިވަނިކޮށެވެ.

އަނިޔާވެރި ޓެރަރިސްޓް ޔަހޫދީ ދަޢުލަތުގެ ޙިމަޔާތަށް އެމެރިކާއިން ޚާއްޞަ އިސްކަމެއް ދެމުންދަނީ ޔަހޫދީ ފައުޖުތަކާ ދެކޮޅަށް ލުބުނާނުގައި ޙަރަކާތްތެރިވާ ޖަމާޢަތާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ވަރުގަދަ ޙަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައިކަން ފާހަގަކުރެވެއެވެ.

އެމެރިކާއިން އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމުގެ ނަމުގައި މި ހިންގަނީ ބޮޑުވެގެންވާ ޖަރީމާއެކެވެ. ފަލަސްޠީނުގެ އެތަކެއް ރައްޔިތުންނެއް ޝަހީދުކޮށް، ގެދޮރު ސުންނާފަތިކޮށް، މަަގުމަތިވެ، ޣައްޒާގައި ލޭގެ ކޯރުތައް އުފެދި، ޔަހޫދީ އިސްރާޢީލުން ހޮސްޕިޓަލުތަކާއި މިސްކިތްތަކާއި ސްކޫލްތައް ސުންނާފަތިކުރުމުންދާއިރު، އެމަންޒަރަކީ އެމެރިކާއަށް ފެންނަ މަންޒަރަކަށް ނުވެއެވެ. އެމެރިކާގެ ލޯ އެމަންޒަރުތައް ބަލަން ކަނެވެ. އިންސާފުގެ ކަންފުޅެއްވެސް ނެތެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު