Wednesday, 19 June 2024

އިންތިޤާލީ މަރުޙަލާގައި ލިޔުންތައް ނައްތާލާތީ މެންބަރުން ރަތަށް

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ލިޔެކިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައި ތިލަފުށީގައި ނައްތާލަމުން ދިޔަ މަންޒަރު ވީޑިއޯކޮށް، އެ އާންމުކުރި އެ ކުންފުނީގެ މުވައްޒަފު ވަޒީފާ އިން ސަސްޕެންޑް ކޮށްފައިވެއެވެ. ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ އެ ވީޑިއޯގައި ފެންނަނީ ގިނަ އަދަދެއްގެ ލިޔުންތަކެއް ކޮންކްރީޓު މެޝިނަކަށް އަޅައި ނައްތާލާ މަންޒަރެވެ.

https://x.com/Phiraash/status/1716042895306678356?s=20

އެ މަންޒަރުތައް ވީޑިއޯ ކުރި މުވައްޒަފު ބުނެފައިވަނީ އެކަން އޭނާ ކުރީ އެއީ އެ ކުންފުނިން ހިންގާފައިވާ ކޮރަޕްޝަނާ ގުޅޭ ލިޔެކިޔުންތަކެއް ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ. އެފްއެސްއެމްގެ ވަޒީފާގައި އުޅޭތާ 8 އަހަރު ވެފައިވާ އަނީސް ބުނެފައިވަނީ، ސޯޝަލް މީޑިއާގައި ވީޑިއޯ އާންމުވުމާ އެކު، އޮފީހުގެ އެޗްއާރު ޑިޕާޓްމެންޓުން އަނީސް އަށް ގުޅައި ހާޒިރުކޮށް، ގޭގައި މަޑުކުރަން އެންގި ކަމުގައެވެ. އޭނާއަށް ފޮނުވި ޗިޓުގައި އޮތީ ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށް ނަމަވެސް، އެއީ ކޮން މައްސަލައެއް ކަން އޭނާ އަށް އަންގާފައިނުވާ ކަމަށެވެ. މި މައްސަލައިގައި މިހާތަނަށް އެފްއެސްއެމްގެ ރަސްމީ ބަހެއް ހާމަކުރައްވާފައެއް ނުވެއެވެ.

އިންތިހާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓުވުމަށް ގޮވައިލާ ދަ ޑިމޮކްރެޓްސްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި ޤަރާރަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރެއްވުމުގެ ތެރޭގަައި، މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވަނީ މިމައްސަލާ ގުޅިގެން މެންބަރުން ނުރުހުން ފާޅުކުރައްވާފައެވެ. މެންބަރުން ތުހުމަތުކޮށްފައިވަނީ އެ ލިޔެކިޔުންތައް ނައްތާލާފައިވަނީ، މި ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންތައް އޮއްބަން ކަމަށާއި، އެއީ ކުރެވިގެން ވާނެ ކަމެއް ނޫންކަމަށެވެ. އަދި ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެ މައްސަލަ ބައްލަވަން ޖެހޭނެ ކަމަށްވެސް އެ މެންބަރުން ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް

ފިއުލް ސަޕްލައި މޯލްޑިވްސް(އެފްއެސްއެމް) ގެ ލިއުންތަކެއް ކޮންކްރީޓް މެޝިނަކަށް އަޅައިގެން ނައްތާލި ހާދިސާއަށް އިޝާރާތް ކުރައްވައި އިލްޔާސް ވިދާޅުވީ އިންތިގާލީ މަރުހަލާގައި ސަރުކާރުގެ އެއްވެސް ލިޔެކިއުމެއް ނައްތާލުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ،  އަންނަ ސަރުކާރުން ބަލަންވާ ހާލަތެއް އަތުވެއްޖެނަމަ އެ ލިޔެކިއުންތައް ފެންނަން އޮންނަން ޖެހޭނެ ކަމަށާއި، ސަރުކާރުގެ އެފަދަ ލިޔެކިއުންތަކަކީ އަމާނާތްތެރި ކަމާއެކު ބަލަހައްޓައި ރައްކާތެެރި ކުރަން ޖެހޭ ލިއުންތަކެއް ކަމަށެވެ.

"އޮޑިޓްތަކުން ބަލަން ބޭނުންވާ ހާލަތްތަކުގައި ބެލެން ޖެހޭނެ. އަދި އިންވެސްޓިގޭޝަން ހާލަތްތަކުގައި ވެސް ބެލެން ޖެހޭނެ. އަދި ކުންފުނި އިތުރަށް ކުރިއަރުވަން ކުރީގެ ޑޮކިއުމަންޓްސްތަކަށް ރިފަރެންސް ވެސް ހަދަން ބޭނުންވަ ގަޑީގައި އެ ރިފަރެންސް ހަދަންވެސް އެ ޑޮކިއުމަންޓްތައް ހުންނަން ޖެހޭނެ." އިލްޔާސް ވިދާޅުވިއެވެ.

މި ވަގުތު އެ ޓްރާންސިޝަނަލް ޕީރިއަޑްގައި އެކަން ކުރަން ފެށުމުން އެކަމުގައި ސަބަބުތަކެއް އެބަހުރި ކަން ފާހަގަކުރައްވަމުން، މިކަމުން  އެނގިގެން ދަނީ ގޯސްތަކެއް ފޮރުވަން މަސައްކަތް ކުރާކަން ކަމަށާއި، އެއީ ޤަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް އިލްޔާސް ވިދާޅުވިއެވެ. އިލްޔާސް ވިދާޅުވީ ސަރުކާރު ބަދަލުވަމުން އަންނަ އިރު އެއް ސަރުކާރުން އަނެއްް ސަރުކާރަށް ލިޔެ ކިއުންތައް އަމާނާތްތެރިކަމާއެކު ހަވާލު ކުރަން ޖެހޭނެ ކަމަށެވެ.

މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ)

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ލިޔެކިޔުންތައް ނައްތާލި މައްސަލަ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރެއްގައި ބަލަން ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) މިއަދު ގޮވާލެއްވިއެވެ.

އެފްއެސްއެމްގެ ލިއުންތަކެއް ކޮންކްރީޓް މެޝިނަކަށް އަޅައިގެން ނައްތާލި ހާދިސާއަށް އިޝާރާތް ކުރައްވައި ބޮންޑެ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. އަދި އެ މައްސަލަ ފަޅާއަރުވާލި އެފްއެސްއެމްގެ މުވައްޒަފު ސަސްޕެންޑް ކުރުމުން ވެސް ބޮންޑެ ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.

ބޮންޑެ ވިދާޅުވީ އިންތިޤާލީ މަރުހަލާގައި ލިޔެކިއުންތަކާ މެދު އަމަލު ކުރަން ޖެހޭނީ އެގޮތަށް ނޫން ކަމަށާއި، މެޝިނުން ގަށާލި ލިޔުންތަކުގެ ތެރޭގައި މަސްވެރިންނަށް ދީފައި ހުރި ސަބްސިޑީއާއި އަދި ކޮވިޑްގެ ތެރޭގައި ހިންގި ތެލޮގެ ބޮޑު ވައްކަމުގެ މައްސަލައިގެ ލިޔުންތައްވެސް ހިމެނޭ ކަމަށެވެ.

އެފްއެސްއެމްގެ އިތުރުން އިކޮނޮމިކް މިނިސްޓްރީންވެސް ހުރިހާ ލިއުންތަކެއް ނައްތާލައިފައިވާ ކަން ފާހަގަކުރައްވަމުން އެސްއެމްްއީ ބޭންކު އިކޮނޮމިކް މިނިސްޓްރީގެ ދަށުގައި އޮންނަ އިރު އެ ބޭންކުން ފަސް މިލިިއަން ރުފިޔާވެސް ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ސިޔާމް

ސިިޔާމް ޓްރާންސިޝަން ކޮމިޓީތަކުން މައުލޫމާތު ހޯދަން ދިއުމުން ބައެއް މުއައްސަސާތަކުން މައުލޫމާތު ނުދޭން ގަދަ ހެދި ކަމަށެވެ. ޓްރާންސިޝަން މުއްދަތު ތެރޭގައި ޓްރާންސިޝަން ކޮމިޓީތަކުން ސަރުކާރުގެ ވުޒާރާތަކާއި، އޮފީސްތަކާއި ކުންފުނިތަކަށް މައުލޫމާތު ހޯދުމަށް ދިޔުމުން ބައެެއް މުއައްސަސާތަކުން އެއްބާރުލުން ނުދިނުމަށް މަސައްކަތް ކުރާކަން ފާހަގަކުރައްވަމުން، ޓްރާންސިޝަން ކޮމިޓީތަކަށް ފުރިހަމަ އެއްބާރުލުން ދޭ މުއައްސަސާތައް ވެސް ހުރި ކަމަށް ސިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ޓްރާންސިޝަން ކޮމިޓީތަކުން އޮފީސްތަކަށް ވަނީމާވެސް ގަދަ ހަދަނީ ނުދޭން ބައެއް އޮފީސްތަކުން. ބައެއް އޮފީސްތަކުން އަޅުގަނޑު ހަމަ ފާހަގަކުރަން، ވަރަށް އެއްބާރުލުން އެބަ ދެއްވާ. ބައެއް އިދާރާ ތަކުން ވަރަަށް އެބަ ގަދަ ހަދާ. ގަދަ ހަދާ ތަންތަނުން އަޅުގަނޑުމެންނަށް މި ފެންނަނީ ތިލަފުށި ތަންތަނަށް ގެންގޮސް ކޮންކްރީޓް ގަށާ މެޝިނަށް އަޅައިގެން ބައެއް ކަހަލަ ކަރުދާސްތައް އަންދާތަން. މިހެން ނަހައްދަވާ. މިއީ ތަހުޒީބު މުޖްތަމައުއެއްގައި ކަންކަން ހިންގަން ޖެހޭނެ ގޮތެއް ނޫން." ސިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވެރިކަމުގައި ނުތިބެވޭނެ ކަމަށާއި، އެކަމަކީ ރާއްޖޭގެ ތާރީޚުން ދައްކާ ޙަޤީޤަތް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު