Tuesday, 18 June 2024

ލިޔުންތައް ގަށައި ކަންނިމުނު ފަހުން، އޭސީސީ ހޭލައިފި

ސަރުކަރު ބައެއް ކުންފުނިތަކުން ލިޔެކިޔުންތައް ނައްތަލަމުންދާތީ އެކަން ހުއްޓުވައިދޭން ފުލުހުންގެ އިދާރާއާއި، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އެދިއްޖެއެވެ.

އޭސީސީން އެގޮތަށް އެދުނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ލިޔެކިޔުންތަކެއް ކޮންކްރިޓް މެޝިނެއްގައި ނައްތާލަމުންދާ ވީޑިއޯއެއް އާންމުވެފައިވާތީއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް މިއަދު ވަނީ އެކަމާ ގުޅިގެން ނުރުހުން ފާޅުކޮށްފައެވެ.

ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ލިޔެކިޔުންތައް ނައްތާލަމުންދާކަމުގެ މައުލޫމާތު އެ ކޮމިޝަނަށް ލިބެމުންދާ ކަން ފާހަގަކުރައްވަމުން، ސަރުކަރު ކުންފުނިތަކުގެ ލިޔުންތަކާއި ދައުލަތުގެ ލިޔެކިޔުންތައް ނައްތާލުމަކީ އެ ކޮމިޝަނުން ހިންގާ ތަހުޤީޤުތަކަށް ހުރަސް އެޅުން ކަމަށް އޭސީސީން ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ.

އެ ބަޔާނުގައި ވަނީ، ދައުލަތުގެ ލިޔެކިޔުމަށް ބަދަލު ގެނައުމާއި ލިޔެކިޔުން ނައްތާލުން ނުވަތަ ފޮރުވުން ފަދަ އަމަލުތަކަކީ ގާނޫނީ ކުށެއް ކަމަށާއި އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި، އަދި މިފަދަ ކަންކަން ހުއްޓުވައިދިނުމަށް ޕީސީބީގައި އެދިފައިވާނެ ކަމަށެވެ.

އެފްއެސްއެމްގެ ލިޔެކިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައި ތިލަފުށީގައި ނައްތާލަމުން ދިޔަ މަންޒަރު ވީޑިއޯކޮށް، އާންމުކުރި އެ ކުންފުނީގެ މުވައްޒަފު ވަނީ ވަޒީފާ އިން ސަސްޕެންޑް ކޮށްފައެވެ.

އެ ކުންފުނިން ނައްތާލީ ގިނަ އަހަރުތަކެއް ވަންދެން ގުދަން ކުރެވިފައިހުރި، އަދި މިހާރު އެއްވެސް ގޮތަކުން ކުންފުންޏަށް ބޭނުންވާނޭ ފަދަ ލިޔެކިއުންތަކެއް ނޫން ކަމަށާއި ކުންފުނީގެ ނަން ކިލަނބުކުރަން އުޅޭ ކަމަށް ވެސް އެ ކުންފުނިން ވިދާޅުވެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މިހާރު މިތިބަ އޭސީސީގެ މެންބަރުންނަށް މުސާރަދިނުން ވެސް ވާނީ ސަރުކާރުން ހިންގާ ކޮރަޕްޝަނުގެ އަމަލަކަށް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު