Tuesday, 23 July 2024

އިސްރާއީލްގެ ހަމަލާތައް ހުއްޓުވަން އދ. ގެ ޚާއްސަ ސެޝަންއެއް ބާއްވަން އެދިއްޖެ

ހައްދުފަހަނަ އަޅާފައިވާ ޔަހޫދީން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ހުއްޓުވުމަށް އދ.ގެ އެމާޖެންސީ ސްޕެޝަލް ސެޝަނެއް ބާއްވަން ރާއްޖެއިން އެދިއްޖެއެވެ.

މިކަން ހާމަކުރައްވައި، ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ކުށެއްނެތް އާންމުންނަށް، ޚާއްސަކޮށް ކުޑަކުދިންނަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކަށް ގިނަ ދުވަސްތަކެއް ވެފައިވާ ކަަމަށާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ ލަފާފުޅުގެ މަތިން، އެހެން ޤައުމުތަކާއެކު، "ޔުނިޓިންގ ފޮރ ޕީސް" ޤަރާރާއި އެއްގޮތްވާ ގޮތުގެ މަތިން، އާންމު މަޖިލީހުގެ 10 ވަނަ ކުއްލި ޚާއްސަ ބައްދަލުވުމެއް އަލުން ފެށުމަށް، އާންމު މަޖިލީހުގެ ރައީސަށް ދަންނަވާފައިވާ ކަމަށެވެ.

ފަލަސްތީނުގެ ޙައްޤުގައި އދ. ގެ 10 ވަނަ އެމާޖެންސީ ސްޕެޝަލް ސެޝަން އިފްތިތާޙް ކޮށްފައިވަނީ، 1997 ވަނަ އަހަރުގެ އޭޕްރިލް މަސް ތެރޭގައެވެ. އެންމެ ފަހުގެ ފަލަސްތީނުގެ ޙައްޤުގައި މި ބައްދަލުވުން ބާއްވާފައި ވަނީ 2018 ވަނަ އަހަރުގެ ޖޫން މަހުގައެވެ.

ފަލަސްތީނު ވަކި ދައުލަތެއް ޤާއިމުކޮށް، ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެއްވެސް ޝަރުތެއް ނެތި ރާއްޖެއިން އަންނާނީ ޒަމާނުއްސުރެ ތާޢީދުކުރަމުންނެވެ. މިކަމަށް ދާޢިމީ ހައްލެއް ލިބެން އޮތީ 1967ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ، އިރުމަތީ ގުދުސް ވެރި ރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ، ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމުކުރެވިގެން ކަން ވެސް ރާއްޖެއިން އަންނަނީ ވަކާލާތުކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު