23 އެޕްރީލް 2025

އައު ސަރުކާރުގައި ރައީސަށާއި، މަޖިލީހަށް ފުރިހަމަ އެއްބާރުލުން ދޭނަން: އިންތިޚާބީ ނައިބު ރައީސް

އައު ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް އިންތިޚާބީ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ނައިބު ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ސޯޝަލް ކްލަބު، "ޕެމާ" އިން އެމަނިކުފާނުގެ އަގުވަޒަން ކުރެއްވުމަށް ބޭއްވެވި ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އިންތިޚާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ މިހާރު ހަވާލުވެވަޑައިގަންނަވަނީ މުޅި ގައުމުގެ ޒިންމާ އެކުލެވޭ މަސައްކަތަކާއި ކަމަށާއި، އެމަސައްކަތުގައި އުޅުއްވަމުންވެސް މަޖިލީހުން އެދިވަޑައިގަންނަވާ ކޮންމެކަމެއްވެސް އަމިއްލަކަމެއްގެ ގޮތުގައި ދެކެވަޑައިގެން ކޮށްދެއްވާނެކަމަށެވެ.

"ގައުމީ މަސައްކަތަށް މިނުކުތީ ޕާޓީއެއްގެ ސިޔާސަތުތަކަކާއެކީގައި، މި މަގާމަށް އައުމަށް ޕާޓީގެ ފަރާތުން ލިބުނު އެއްބާރު ލުމަށް ޝުކުރުއަދާކުރަން، އަދި މި ފުރުސަތުގައި ޔަޤީންކަން އަރުވަން އިންތިޚާބީ ރައީސްއަށާއި، މަޖިލީހަށް އަދި މަޖިލީހުގެ ސޯޝަލް ކްލަބަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އަރުވަން" އިންތިޚާބީ ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފް ވިދާޅުވިއެވެ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ދެވަނަ ދައުރު ފުރުއްވަމުންގެންދަވާ ހުސައިން މުހައްމަދު ލަތީފްގެ ޚިދުމަތުގެ އަގުވަޒަންކޮށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ.

"ޕެމާ"އަކީ ރައްޔިތުންގެ މަޖިލީހުން އެކިއެކި ހަރަކާތްތައް ހިންގުމަށް ހަދާފައި އޮންނަ ސޯޝަލް ކްލަބެކެވެ.

އެމަނިކުފާނުވަނީ މަޖިލީހުން ހިންގަވާ އެކިއެކި ކުޅިވަރު ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާކަން ފާހަގަކުރެވެއެވެ. އަދި ވަކިން ޚާއްސަކޮށް މިއަހަރު ކްލަބް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "ކްލެސިކް" ފުޓްސަލް މުބާރާތާއި ބަންޑާރަ ކަޕްގައި މަޖިލީހުގެ ޓީމަށް ކުޅުއްވުމުގެ އިތުރުން، ކުޅިވަރުގެ އިތުރުން ކްލަބުން ހިންގާ އެކިއެކި ހަރަކާތްތަކުގައިވެސް ހުސައިން މުހައްމަދު ލަތީފުގެ ބައިވެރިވެވަޑައިގަންނަވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު