ހައްދުންމަތީގައި، މަސްވެރިންގެ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރަނީ

2023 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތް ހޯސްޓްކޮށްދޭނެ ފަރާތެއް ހޯދުމަށް ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާއިން އިޢުލާން ކޮށްފިއެވެ.

އެ ކައުންސިލުން ކުރައްވާފައިވާ އިޢުލާނެއްގައި ވިދާޅުވެފައިވަނީ، 2023 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތް ހޯސްޓްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ރަށުކައުންސިލްތަކާއި ކުލަބު ޖަމްއިއްޔާތަކަށް އެފުރުޞަތު ހުޅުވާލާކަމަށެވެ.

އެގޮތުން 2023 އޮކްޓޯބަރު 31 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ހޯސްޓް ކުރުމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް ހުށަހެޅުއްވުމަށްވެސް އެކައުންސިލުން ވިދާޅުވެއެވެ.

މި ކައުންސިލްގެ ވެބްސައިޓުގައިވެސް އެ އިޢުލާން ޝާއިޢުކުރައްވާފައިވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6807011 ފޯނާއި ގުޅުއްވުމަށްވެސް އެ ކައުންސިލުން އެދެއެވެ.

ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހަކީ، ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު