ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ޝާއިޢުކުރާ މޯލްޑިވްސް ނެޝަނަލް ޖަރނަލް އޮފް ރިސަރޗް ޗާޕުކުރުމަށް ބޭނުންވެގެން އެ ޔުނިވަރސިޓީން އާންމުކޮށް ހުޅުވާލައިފިއެވެ.
އެ ޔުނިވަރސިޓީން ކޮށްފައިވާ އިޢުލާނެއްގައިވަނީ، އެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލާ ކަމަށެވެ.
އެ ބީލަމާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެޓޭޗް ކުރެވިފައި ވާނެ ކަމަށާއި، އަދި ހުށަހަޅަންޖެހޭ ފޯމްތައް އިއުލާނާ އެޓޭޗް ކުރެވިފައިވާ ވާނެ ކަމަށް އެ ޔުނިވަރސިޓީން ވިދާޅުވެއެވެ.
އެމްއެންޔޫގެ އިއުލާންގައިވަނީ، ބީލަން ހުށަހެޅުން އޮންނާނީ 31 އޮކްޓޯބަރ 2023 ވަނަ ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައި ކަމަށެވެ. އަދި ދެވިފައިވާ ގަޑިއަށް ބީލަން ހުށަހެޅުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ކަމަށްވެސް ވިދާޅުވެއެވެ.
ބީލަމާ ގުޅޭ އެންމެހައި ކަންކަމުގައި ޢަމަލުކުރެވޭނެ އުޞޫލު މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެ ކަމަށާއި، އަދި އެޓޭޗް ކުރެވިފައިވާ ލިޔުންތައް ފުރުމަށްފަހު ބީލަމާ އެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ހުށަހަޅަންޖެހޭނެ ކަމަށް އެމްއެންޔޫއިން ވިދާޅުވެއެވެ.