ކޯރަމް ހަމަނުވެގެން މަޖިލިސް މިއަދު މިއަދުވެސް ނުބޭއްވުނު

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވެގެން ޖަލްސާ ކެންސަލް ވެއްޖެއެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތު ބެލެހެއްޓެވި ނައިބު ރައީސް އީވާ ވިދާޅުވީ މިއަދުގެ ޖަލްސާ ބޭއްވޭ ވަރަށް ކޯރަމް ހަމަނުވާ ކަމަށެވެ. އެކަމާހެދި ޖަލްސާ ކުރިއަށް ނުގެންދެވުނެވެ.

ޖަލްސާގެ ކޯރަމް ހަމަވާ ޢަދަދަކީ 22 މެމްބަރުން ކަމަށްވާއިރު، ޖަލްސާއަށް މިއަދު ވަޑައިގެންނެވީ ކިތައް މެމްބަރުން ކަމެއް ރިޔާސަތުން ހާމަކުރައްވަފައެއް ނުވެއެވެ.

މިއަދުގެ ޖަލްސާގައި އެޖެންޑާ ކޮށްފައި އޮތް މައްސަލަތަކުގެ ތެރޭގައި ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލާއި، ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުމުގެ ބިލު ހިމެނެއެވެ.

ކޯރަމް ހަމަ ނުވެގެން މިހާރަކަށް އައިސް މަޖިލިސްގެ ޖަލްސާތައް ކުރިއަށް ނުގެންދެވޭ ކަން ފާހަގަކުރެވެއެވެ. އެކި މައްސަލަތަކާ ހުރެ ރައްޔިތުންގެ މަޖިލިހުގެ ގިނަ މަސައްކަތްތައް އޮތީ ހުއްޓުމަކަށް އައިސްފައެވެ.

ބަންޑާރަ ނައިިބު ރިފްއަތު އިބްރާހިމް އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދި ފަހުން މަޖިލިސް ރަނގަޅަށް ކުރިއަށް ނުގެންދެވޭ ކަން ފާހަގަކުރެވެއެވެ. ހަމައެހެންމެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނާއިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދިފަހުން ވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ހުރަސް އެޅުނެވެ.

 

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު