Friday, 11 October 2024

ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިތުރު ދެ އަސީރަކު ދޫކޮށްލައިފި

މިމަހުގެ 7 ވަނަދުވަހު އިސްރާއިލަށް އަރައި ހަމާސް ޖަމާއަތުން ރަހީނުކުރި އިސްރާއިލްގެ އިތުރު ދެ އަސީރަކު ދޫކޮށްލައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އެ ޖަމާއަތުގެ އަލް-ޤައްސާމް ބްރިގޭޑްސް އިންނެވެ.

މިކަން ހާމަކޮށް ހަމާސް އެ ޖަމާއަތުގެ ޓެލެގްރާމް ގްރޫޕްގައި ލިއުނު ޓެކްސްޓެއްގައިވަނީ، ހަމާސްއިން ދޫކޮށްލާފައިވަނީ އިޒްރޭލަށް ނިސްބަތްވާ އާންމުންގެ ދެމީހެކެވެ. އެއީ ޔޫރިތު ޒިޓްޒަކް ނަމަކަށް ކިޔާ މީހަކާއި ޔޯޗެވް ލިފްޝިޓްޒް ނަމަކަށް ކިޔާ މީހެކެވެ.

ހަމާސް އިން މި ދެމީހުން ދޫކޮށްލަން ރޭ މަސައްކަތްކުރިނަމަވެސް، އިޒްރޭލުން ރޭގައި މި ދެމީހުންނާއި ހަވާލުވާން އެއްބަހެއް ނުވިއެވެ.

މި ދެމީހުން ދޫކޮށްލުމާއެކު މިހާތަނަށް ހަމާސް އިން ދޫކޮށްލި އަސީރުންގެ އަދަދު ހަތަރަކަށް އަރާފައިވާއިރު، ފުރަތަމަ ދޫކޮށްލި އެމެރިކާގެ ދެމީހުން ހިމެނޭހެންނެވެ.

ހަމާސް އިން ބުނެފައިވާގޮތުގައި މި ދެމީހުންވެސް ދޫކޮށްލީ އިންސާނީ އެހީއަށް އިތުރަށް ބާރު އެޅުމުގެ ގޮތުންނެވެ.

މި މަހުގެ 7 ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކަކީ އިސްރާއީލްގެ އަނިޔާވެރިކަމުން ފަލަސްތީނުގެ ރައްޔިތުން ދިފާއުކުރުމަށް ހަމާސް ޖަމާއަތުން ފެށި "އަގްސާ ފްލަޑް" ފެށުމުންނެވެ.

މިި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލާއި ހަމާސް ޖަމާއަތާ ދެމެދު ބަދަލުކުރަން ފެށި ހަމަލާތަކުގައި ފަލަސްތީނުގެ ޣައްޒާގެ އާއްމުން ދިރިއުޅޭ ތަންތަނާއި ހޮސްޕިޓަލްތަކާއި މިސްކިތްތަކާއި ކިޔަވައިދޭ ތަންތަން ވަނީ ސުންނާފަތިކޮށްލާފައެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް އައިއިރު، ފަލަސްތީނުގެ 5،089 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި، 14،000 އަށް މީހުން ވަނީ ޒަހަމްވެފައެވެ. މި ހަމަލާތަކުގައި  ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ޝަހީދުވެފައެވެ.  މިހާތަނަށް އައިއިރު 2،000 އަށްވުރެ ކުދިން ޝަހީދުވި ވަނީ ޝަހީދުވެފައެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު