Wednesday, 19 June 2024

ފ. މަގޫދޫގެ އިދާރީ އިހުތިޞާސުން އެ ރަށު އެއާޕޯޓު ސަރަހައްދު ވަކިކޮށްފި

ފ. މަގޫދޫގެ އިދާރީ އިހްތިޞާސުން އެ ރަށުގައި ތަރައްޤީކުރާ އެއާޕޯޓު ސަރަޙައްދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ޤަރާރަކުން ވަކިކުރައްވައިފިއެވެ.

މަގޫދޫގެ އިދާރީ ދާއިރާގެ އިހުތިޞާސަށް ބަދަލު ގެނެސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ނެރުއްވި ގަރާރަކުންނެވެ.
އެއާޕޯޓު ސަރަހައްދު މަގޫދޫގެ އިދާރީ އިހްރތިޞާސުން ވަކިކޮށްފައިވަނީ ރައީސަށް ޤާނޫނު އަސާސީން މަތިކޮށްފައިވާ ސިޓީ ކައުންސިލުތަކާއި ރަށު ކައުންސިލުތަކުގެ އިހުތިޞާސް ކަނޑައެޅުމުގެ ބާރުގެ ދަށުންނެވެ.
އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރަމުން އަންނަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. މަގޫދޫގައި އެއާޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް 550 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އެމްޓީސީސީން ބުނެފައިވާ ގޮތުގައި މި މަޝްރޫއަކީ 264.9 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމުގައެވެ.

މަގޫދޫ އެއާޕޯޓު މަސައްކަތަށް އެ ރަށުގެ ފަޅުން ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރީ އެމްޓީސީސީންނެވެ. 30.8 ހެކްޓަރުގެ ބިން އެއާޕޯޓަށް ހިއްކިއިރު އެހެނިހެން ބޭނުމަށް 17 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

މި ސަރުކާރުން ޤާއިމުކުރަން ފަށާފައިވާ މަގޫދޫ އެއާޕޯޓުގެ މަޝްރޫއުގެ ދަށުން 1،800 އަކަ މީޓަރުގެ ރަންވޭއެއް ހެދުމާއި 81،443 އަކަ މީޓަރުގެ އޭޕްރަން ހެދުމާއި 2،919 އަކަ މީޓަރުގެ ޓެކްސީވޭ ހެދުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ. އަދި 895 އަކަ މީޓަރުގެ ފަޔަ ޕެޑްއެއް ހެދުމާއި 3،059 އަކަ މީޓަރުގެ އެއާޕޯޓް ރޯޑް ހެދުމާއި 1،185 އަކަ މީޓަރުގެ ސާވިސް ރޯޑް ހެދުމުގެ މަސައްކަތް އެ ކުންފުނިން ކުރިއަށް ގެންދާނެއެވެ.

your image

މަގޫދޫގެ އިދާރީ އިހުތިސޯސުން އެ ރަށުގައި ތަރައްގީކުރާ އެއާޕޯޓު ސަރަހައްދު ވަނީ ވަކިކޮށްފައި


އެމްޓީޓީސީއިން ވިދާޅުވާ ގޮތުގައި، މި މަޝްރޫއުގެ ދަށުން ޓާމިނަލް ބިލްޑިންއެއް ޤާއިމުކުރުމާއި ފަޔަ ބިލްޑިން އާއި ފަޔަ ޕޮންޑް އަދި އަލިފާން ނިއްވާ ވަސީލަތް ގާއިމުކުރުމާއި ސެކިއުރިޓީ ޕޯސްޓަކާއި ސެކިއުރިޓީ ވަސީލަތް ޤާއިމުކުރުމުގެ މަސައްކަތުގެ އިތުން ފެންސިން ޖެހުމާއި ޕެރިމީޓަ ލައިޓިން ޖެހުމާއި، އެއާފީލްޑް ލައިޓިން ސިސްޓަމެއް ޤާއިމުކުރުމާއި ނެރު ބައްތި ހަރުކުރުމާއި މެޓް ވަސީލަތްތައް ޤާއިމުކުރުމާއި ގްރައުންޑް ހެންޑްލިން ވަސީލަތްތައް ގާއިމުކުރުމާ އަދި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެއެވެ.

ސަރުކާރުން މަގޫދޫ އެއާޕޯޓު ތަރައްގީކުރުމަށް ނިންމާފައިވަނީ، ޖެޓްތައް ޕާކް ކުރެވޭނެ އިތުރު ޕާކިން ސަރަޙައްދަކާއި، ވީއައިޕީ ޓާމިނަލެއް ހިމެނޭ ގޮތަށެވެ. އަދި އެތަނަށް ޖައްސާ ބޯޓުފަހަރަށް ތެޔޮއެޅޭނެ ފިއުލް ފާމެއް އެއާޕޯޓުގައި ގާއިމުކޮށް، ޖެޓުތަކުގެ ފަޅުވެރިންނަށް މަޑުކުރެވޭނެ ހޮޓަލެއް ވެސް ތަރައްޤީ ކުރާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު