Thursday, 18 April 2024

ރައީސް ނަޝީދަށް ދިން ހަމަލާއާ ސިޔާސީ ގުޅުމެއް ނެތް ކަމަށް ރައީސްގެ މަންދޫބު ވިދާޅުވެއްޖެ

މެއި 6، 2021 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ސިޔާސީ ގުޅުމެއް ނެތް ކަމަށް އެ މައްސަލައިގެ ތަހްޤީޤަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އައްޔަން ކުރެއްވި މަންދޫބު އައްބާސް ފާއިޒް މިއަދު ވިދާޅުވެއްޖެއެވެ.

އޭނާ މިކަން ހާމަކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެ މައްސަލައިގައި ހަރުކަށި ފިކުރުގެ މީހުންގެ އިތުރުން އިތުރު ތިން ބަޔަކާ މެދު ވެސް ތިން ބައެއްގެ މައްޗަށް ތުހުމަތު ކުރެވުނު ކަމަށާއި، އިދިކޮޅު ޕާޓީ އާއި ސަރުކާރާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޝާމިލްވާ މީހުންތަކެއްގެ މައްޗަށް މި ތުހުމަތު ކުރެވުނު ކަމުގައި ވިޔަސް، އެކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށެވެ.

އައްބާސް ވިދާޅުވީ ވަރަށް ފުރިހަމަ ތަހްޤީޤެއް ފުލުުހުން ކުރިއަށް ހިންގެވިކަމަށެވެ.

"އިދިކޮޅާއި އަދި ސަރުކާރުގެ ފަރާތަކުން ރައީސް ނަޝީދު މަރާލުމަށް ދިން ހަމަލާގައި ބައިވެރިވި ކަމުގެ އެއްވެސް ހެއްކެއް ފެނިފައެއް ނުވޭ. ހަމަ އެހެންމެ އެމްއެމްޕީއާރުސީގެ މައްސަލައިގައި ޝާމިލުވާ ފަރާތްތަކުން ވެސް ހަމަލާގައި ބައިވެރިވަކަމުގެ ހެއްކެއް ނެތް." ފާއިޒް ވިދާޅުވިއެވެ.

ތަހްޤީޤުން ހާމަވީ ހަމަލާ ދިން މީހުންނާއި ހަރުކަށި ފިކުރާ އޮތް ގުޅުން ކަމަށް ވިދާޅުވެ ވާހަަކަދެއްކެވި ނަމަވެސް، ރައީސް ނަޝީދު މީގެ ކުރިން ވަނީ އެމަނިކުފާނު އަވަހާރަކޮށްލަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ފެކްޝަނުން މަސައްކަތް ކުރިކަން ދޭހަވާ ގޮތަށް ރައީސް ނަޝީދަށް ތާޢީދުކުރައްވާ ބޭފުޅުން މީގެ ކުރިން ވާހަކަދައްކަވަމުން ގެންދަވާފައިވެއެވެ.

އަދި ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވައިގެން ބޮން ގޮއްވާލިތާ ދެ އަހަރު ފުރިގެންދިޔައިރުވެސް ސީރިއަސް ތަހްޤީޤެއް ނުހިންގުނު  ކަމަށާއި ސަރުކާރުން އެ މައްސަލައަށް ބޮޑު ސަމާލުކަމެއް ދީފައި ނުވާކަަމަށްވެސް ރައީސް ނަޝީދުގެ ޑިމޮކްރެޓްސް ޕާޓީގެ މެމްބަރުން ވިދާޅުވަމުން ގެންދެވިއެވެ. އޭގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *