Thursday, 18 April 2024

ބަންދު ދުވަހު މަސައްކަތްކުރާނަމަ ހާޒިރީ އެލަވަންސް ދެނީ

ސިވިލް ސާވިސްގައި މަސައްކަތްކުރައްވާ މުވައްޒަފުން ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރާނަމަ، ހާޒިރީ އެލަވަންސް ލިބޭ ގޮތަށް ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލު ގެންނަވައިފިއެވެ.

ސިވިލް ސާވަންޓުން ރަސްމީ މަސައްކަތު ދުވަހުގެ އިތުރުން، ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަހު ޑިއުޓީ އުސޫލުން މަސައްކަތް ކުރާ ނަމަ ހާޒިރީ އެލަވަންސް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން މިދިޔަ އާދިއްތަ ދުވަހު އާންމުކުރި ދައުލަތުގެ ޕޭ ފްރޭމްވޯކަށް ގެނައި ބަދަލުގައިވެއެވެ.

އެ އުސޫލުގައިވާ ގޮތުން ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަސްތަކުގައި ހާޒިރީ އެލަވަންސް ލިބޭނީ، ވަޒީފާއާ ބެހޭ ޤާނޫނުގައި ރަސްމީ މަސައްކަތުގެ ގަޑީގެ ގޮތުގައި ކަނޑައަޅާފައިވާ ޖުމްލަ ވަގުތުގެ ދެބައިކުޅަ އެއްބައި ވަގުތު މަސައްކަތް ކުރާ ހާލަތްތަކުގައެވެ.

މިހާތަނަށް އަމަލު ކުރަމުން އައި ޕޭ ފްރޭމްވޯކްގައި އޮންނަ ގޮތުން، ހާޒިރީ އިނާޔަތް ލިބޭނީ ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރެއިން މުވައްޒަފުން އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށެވެ. ޖިސްމާނީ ގޮތުން އޮފީހަށް ހާޒިރުވެގެންނާއި އޮންލައިންކޮށް މަސައްކަތްކޮށްގެން ވެސް އެ އިނާޔަތް ލިބެއެވެ.

މި އިސްލާހުގައިވާ ގޮތުން، އޮފީހަށް ހާޒިރުވުން ކަމަށް މާނަކޮށްފައިވަނީ މުވައްޒަފުން ޖިސްމާނީ ގޮތުން އޮފީހަށް ހާޒިރުވުމާ އަދި އޮންލައިންކޮށް މަސައްކަތް ކުރަން ޖެހޭ ހާލަތެއްގައި "ސައިން-އިން" ވެގެން ހާޒިރުވެއްޖެ ނަމަ، ހާޒިރީ އެލަވަންސް ލިބޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *