"ބޮލުގެ އިސްތަށިގަނޑުން ތީ މަންމަ ކަން އެގިއްޖެ؛ މަންމާ! މަންމައާ ނުލާ ނުޅެވޭނެ"

ޔަހޫދީންގެ އަނިޔާވެރިކަމުގައި ދުނިޔެ ދޫކުރަމުންދާ މައިންނާއި ބަފައިންނާއި، ޅަދަރީންނާއި މުސްކުޅިންނާއި އަންހެނުން ހިމެނިގެންދާއިރު، ފަލަސްޠީނަށް ކުރިމަތިވެފައިވަނީ ނާމާންކަމާއި ބިރުވެރިކަމެވެ. ބަރުދާސްތުކުރަންޖެހިފައިވަނީ ހިތްދަތި އިޙްސާސްތަކެވެ. އިސްލާމީ އުންމަތަށްވެސް ވަނީ މިކަމުގެ ވޭން ތަޙައްމަލުކުރަން ޖެހިފައެވެ.

ފަލަސްޠީނުގެ އެ ތުއްުތު ކުއްޖާގެ މަންމަވެސް ވަކިވީއެވެ. އާއިލާއާ ވަކިވީއެވެ. އެ ތުއްތު ކުއްޖާ ތަޙައްމަލުކުރަންޖެހިފައިވާ އެކަނިވެރިކަމާއި، ހިތްދަތިކަން ކޮންމެ އިންސާނަކަށްމެ އިޙްސާސްކުރެވޭނެެވެ. އެހެނަސް ހަރުހިތެއްގެ ހިލަ ޔަހޫދީންނަށް އިންސާނީވަންތަ ކަމެއް ނޭނގެއެވެ. އެބައިމީހުންގެ ހަރުކަށިކަމާއި ލާއިންސާނިއްޔަތުކަން މި ދަނީ މުޅި ދުނިޔެއަށް ފެންނަމުންނެވެ. މިޙާދިސާއަށް އެކަނި ބަލާއިލިއަސް އެކަން ވަރަށް ރަނގަޅަށް ތަސައްވުރު ކުރެވޭނެއެވެ.

"ތީ އަހަރެންގެ މަންމަ. އިސްތަށިގަނޑަށް ބަލާލީމާ ތީ މަންމަ ކަން އެގިއްޖެ. މަންމާ! މަންމައާ ނުލާ އަހަރެންނަކަށް ދިރިއެއް ނޫޅެވޭނެ." އެ ތުއްތު އަންހެން ކުއްޖާއަށް އެއީ އޭނާގެ މަންމަކަން ދެނެގަނެވުނު ހިނދު ގިސްލައި ރޮމުން ބުނެލިއެވެ.

އެއީ ކުއްޖާގެ މަންމަގެ ފުރާނަ ނެތް މަސްގަނޑެވެ. އަނިޔާވެރި ޔަހޫދީންގެ ވަކިތަކުން ޝަހީދުވީއެވެ. އަނިޔާވެރި ރަޙްމެއް ނެތް ޙަމަލާތަކުގައެވެ. ބޮން އެޅީއެެވެ. އެއްވެސް ބެލުމެއް ހަމައެއް ލަމައެއް ނެތިއެވެ. އިންސާނީވަންތަ ކަމުގެ ޒައްރެއްވެސް ނެތީއެވެ.  ކުލުނެއް، އޯގާތެރިކަމެއް، ޙަމްދަރީގެ އެއްވެސް ކަންފުޅެއް ނެތެވެ.

އެތައް ކުދިންނެއްގެ މުޅި ޙަޔާތް ބަރުބާދުވެ، އެކަނިވެރިވެ މަގުމަތިވެ މިދަނީ ނުބައި ނުލަފާ އަނިޔާވެރި ޖައްބާރު ޔަހޫދީންގެ އަގަލެއް ކުލުނެއް ނެތް، އަނިޔާވެރި ވިހަގަދަ ޙަމަލާތަކުގެ ސަބަބުންނެވެ. އެތައް ޅަދަރީންތަކެއް ޔަތީމުވީއެވެ. ޢާއިލާގެ ހުރިހާ މެންބަރުން އެއްފަހަރާ ދުނިޔެ ދޫކޮށްދާއިރު، ރަޙްމެއް ކުލުނެއްވާ އެއްވެސް މީހަކަށް މި މަންޒަރުތައް ބަލަން ކެތެއް ނުވާނެއެވެ.

ޔަހޫދިީންގެ ޤަތުލުއާންމުގެ ސަބަބުން ޣައްޒާގެ މައިންނާއި ޅަދަރީން އެދަނީ ބަލަބަލާ ތިއްބާ ލޮލުކުރިމަތީގައި ޝަހީދުވަމުންނެވެ. އެތައްހާސް ބައެކެވެ. ޣައްޒާއަށް މިއަދު ކުރިމަތިވެފައިވަނީ އިންސާނީ މުސީބާތެކެވެ. ދިރިއުޅުމުގެ ހުރިހާ މަގުތަކެއް ވަނީ ބަންދުވެފައެވެ. ހޮސްޕިޓަލްތައް ސުންނާފަތިކޮށްފިއެވެ. ގެދޮރު ބިމާ ހަމަކޮށްފިއެވެ. މިސްކިތްތައް ނައްތާލައިފިއެވެ. ސްކޫލުތައް ގޮއްވާލައިފިއެވެ.

އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުތަކުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 5،791 އަށް އަރާފައެވެ. އޭގެ ތެރޭގައި 2،360 ކުޑަކުދިންނާއި، 1292 އަންހެނުން ހިމެނެއެވެ. އަދި، 16,000 އެއްހާ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. 1500 އަށްވުރެ ގިނަ މީހުން ވީނުވީއެއް ނޭނގެއެވެ. އޭގެ ތެރޭގައި 830 ކުޑަކުދިން ހިމެނެއެވެ. ޣައްޒާ ފުރަބަންދުކޮށް ކާބޯތަކެއްޗާއި ފެނާއި ޞިއްޙީ ފަރުވާގެ ސާމާނު އެތެރެ ކުރުމަށް ޔަހޫދީ ފައުޖުތަކުން ހުރަސްއަޅަމުންދާއިރު، ޣައްޒާގެ 2.3 މިލިޔަނެއްހާ ރައްޔިތުންގެ ހާލަތު ދަނީ ދެރަވަމުންނެވެ. އެހީގެ ސާމާނާ އެކު ޣައްޒާއަށް ދަތުރު ކުރަން މަސައްކަތް ކުރާ އުޅަނދުތަކަށް ވެސް ޔަހޫދީ ފައުޖުތަކުން ދަނީ ހުރަސް އަޅަމުންނެވެ.

ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. ޙަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު