ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުޤީޤަށް މީހަކު ހޯދަނީ

ކ. މާފުށި ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަޙްޤީޤަށް މީހަކު ހޯދަން ފުލުހުންގެ އިދާރާއިން އިޢުލާން ކުރައްވައިފިއެވެ.

ޙާޟިރުވާން ހޯދަމުންދަނީ ށ. ފުނަދޫ / ތަރަހަ، ޢުމުރުން 32 އަހަރުގެ ރައްޒާނު އާދަމެވެ.

  • އައިޑީ ކާޑު ނަންބަރު: A322526

އޭނާ ހާޟިރުކުރަން  ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަޙްޤީޤަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

އޭނާ ޙާޟިރުވާން ހާޒިރުވާންޖެހެނީ ކ. މާފުށި ޕޮލިސް ސްޓޭޝަނަށް، 2023 ނޮވެމްބަރު 15 ވަނަ ދުވަހުގެ 14:00 އަށް ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

އޭނާ ހާޟިރުވުމަށް އަންގާފައިވަނީ، ޖިނާއީ މައްސަލަތައް ތަހުޤީޤުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު