އިސްރާއީލް ޔަހޫދީން ރާއްޖެ ނާންނަން ގޮވާާލާ ޕެޓިޝަނެއްގައި ސޮއިކުރަނީ

ފަލަސްތީނާ ދެކޮޅަށް އިސްރާއިލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް "ބޭން އިސްރާއިލް" ގެ ނަމުގައި ރާއްޖޭގައި، ޖަމްޢިއްޔާތަކެއް ގުޅިގެން ޕެޓިޝަނެއް ތައްޔާރުކޮށް ސޮައި ކުރުމަށް ތައްޔާރުވެއްޖެއެވެ.

ރާއްޖޭގެ ސާފިން އެސޯސިއޭޝަނާއި، މޯލްޑިވްސް ބޮޑީ ބޯޑިން އެސޯސިއޭޝަންގެ އިތުރުން އިންްޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގުޅިގެން ހިންގާ މި ޙަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ  ހޮނިހިރު ދުވަހުއެވެ.

އެއްވެސް ބޭނުމަކަށް އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކޮށް ދިނުމަށާއި ރާއްޖޭގައި ރާޅާ އެޅުމުގައި އުޅޭ ދިވެހިންނަށް އިސްރާއީލު ޓޫރިސްޓުންގެ ފަރާތުން ލިބޭ ޖިސްމާނީ އަނިޔާތަކާއި ބިރުދެއްކުންތައް ކަމާބެހޭ ފަރާތްތަކުން ބަލައި ފިޔަވަޅު އަޅައިދިނުމަށް އެ ޕެޓިޝަނުގައި ގޮވާލާނެ ކަމަށް މަޢުލޫމާތު ލިބެއެވެ. ރާޅާއަޅާ ކުޅުންތެރިންނަށް އިސްރާއީލުގެ ޓޫރިސްޓުންގެ ފަރާތުން ކުރިމަތިވާ އެ ބާވަތުގެ މައްސަލަތައް ކުށްވެރިކޮށް އެކަންކަން ހުއްޓުވައި ދިނުމަށްވެސް އެ ޕެޓިޝަންގައި ގޮވާލާނެއެވެ.

އިސްރާއީލުގެ ސަރުކާރުން ވަނީ އެ ތަނުގެ މީހުން ރާއްޖެ އަށް އެއްވެސް ހާލަތެއްގައި ނުދިޔުމަށް މިދިޔަ މަހުގެ ފަހުކޮޅު އިލްތިމާސްކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މީކީ ފަލަސްތީނަށް އިސްރާއިލް ހަމަލާދީގެން ހުށައަޅާ ޕެޓިޝަނެއް ނޫނެވެ. ވަގުތު ބަލާފައި އަމިއްލަ ބަޔަކު އެމީހުންގެ މަގްސަދެއް ހާސިލް ކުރަން ހިންގާކަމެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު