15 ޖަނަވަރީ 2025

ހަލާލު މަސައްކަތުން ލިބޭ އެއްޗެއް ނޫނީ އަޅުގަނޑާއި އަނބިދަރިންގެ އަރުން އެތެރެ ނުވާނެ: ޤަސަމް

އޭނާ ކުރާ ހަލާލު މަސައްކަތުން ލިބޭ އެއްޗެއް ނޫނީ އޭނާގެ އަނބިދަރިންގެ އަރުން އެތެރެ ނުވާނެ ކަން އަބަދުވެސް ޔަޤީން ކުރަމުން އަންނަކަމަށް އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޤަސަމް ވިދާޅުވެއްޖެއެވެ.

އެފްއެސްއެމްގެ އެމްޑީ ޤަސަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފޮރުވަންޖެހޭ ނާޖާއިޒު މަންފާއެއް އޭނާއަށް ލިބޭ ގޮތަށް، އެއްވެސް ކަމެއް ހިންގަވާފައިނުވާކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"އަޅުގަނޑު ކޮށްފައިވާ ހަލާލު މަސައްކަތުން ލިބޭ އެއްޗެއް ނޫނީ އަޅުގަނޑާއި އަނބިދަރިންގެ އަރުން އެތެރެ ނުވާނެކަން އަބަދުވެސް މި އަންނަނީ ޔަގީން ކުރަމުން،" ޤަސަމް ވިދާޅުވިއެވެ.

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ލިޔެކިޔުންތައް އަންދައިލި ނަމަވެސް އޭނާ ފޮރުވަންޖެހޭ ނާޖާއިޒު އެއްވެސް ކަމެއް ހިންގަވާފައިނުވާނެކަމަށް ޤަސަމް ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވެފައިވާއިރު، ތިލަފުށީގައި ހުންނަ އެފްއެސްއެމްގެ ޖެޓީގައި ސިމެންތި ގަށާ މެޝިނަކަށް ކުންފުނީގެ ލިޔުންތަކެއް އަޅައިގެން އެތަކެތި ނައްތައިލުމުގެ މަސައްކަތްކުރަނިކޮށް އެ ކުންފުނީގެ މުވައްޒަފަކު އެ މަންޒަރު ވީޑިއޯކޮށް މީސްމީޑިއާގައި ހިއްސާކުރުމާއެކު، ގިނަ ބައެއްގެ ފާޑުކިޔުން ކުންފުންޏަށް އަމާޒުވިއެވެ.

އެ ކުންފުނީގައި މީޓަރު ޓެކްނީޝަނެއްގެ ގޮތުގައި މަސައްކަތްކުރާތާ 8 އަހަރުވީ މުވައްޒަފު ލިޔެކިޔުން ނައްތައިލާ މައްސަލަ ފަޅާއަރުވައިލުމާ ގުޅިގެން އޭނާ ހާޒިރުކޮށް، މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް އޭނާ ސަސްޕެންޑުކޮށްފައިވެއެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނިން ނައްތައިލި ލިޔެކިޔުންތަކަކީ އެ ކުންފުނީގެ ގުދަނުގައި ހުރި ބޭނުމެއް ނުކުރެވޭ ގިނަ ދުވަސްވީ ލިޔުންތަކެއް ކަމަށެވެ. ނަަމަވެސް ދައުލަތުގެ ލިޔެކިޔުން ނައްތައިލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާ ޚިލާފަށް އެ ލިޔެކިޔުން ނައްތައިލި މައްސަލަ ޤައުމީ އަރުޝީފުން ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވެއެވެ. އަދި އެ މައްސަލަ ބަލައިދޭން އޭސީސީންވެސް އެދިފައިވެއެވެ.

ގުޅުންހުރި:

އިންތިޤާލީ މަރުޙަލާގައި ލިޔުންތައް ނައްތާލާތީ މެންބަރުން ރަތަށް

ޙަ

އެފްއެސްއެމްގެ ލިޔެކިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައި ނައްތާލުން؛ އާންމުކުރި މުވައްޒަފު ސަސްޕެންޝަނަށް

ލިޔުންތައް ގަށައި ކަންނިމުނު ފަހުން، އޭސީސީ ހޭލައިފި

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ޢަރުން އެތެރެ ނުކުރިޔަސް އެހެން ކަންކަން ކުރެވި ދާނެތާ ގެދޮރު ގަތުން ކާރު ސައިކަލްފަދަ ހަރު މުދާގަތުން
    ޢަދި އެނޫނަސް . . . .

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު