Thursday, 20 June 2024

ވައްތީނިއަކީ ބަލިމަޑުކަމަށް ފަރުވާއެއް؛ ކިރުތައްޓެއްގެ ތެރެއަށް ލައިގެން ބޯލާ!

ވައްތީނިއަކީ އަނގަޔަށް މީރު މޭވާއެކެވެ. ވައްތީނިން ލިއްބައިދޭ ސިއްޚީ ފައިދާތައް ވަރަށް ގިނައެވެ.

ވައްތީނީގައި އެކުލެވޭ ޕެކްޓިން އަދި ފެނަށްގިރޭ ވައްތަރުގެ ޑައެޓްރީ ފައިބަރު ގެ ސަބަބުން ހަޖަމުކުރާ ނިޒާމްގެ ތެރެއިން ފައިބަރު ދައުރުކުރަމުންދާއިރު، އެއާއި އެކުގައި ސަރުބީ ހަށިގަނޑުން ވަކިކޮށް، ބޭރު ކުރެއެވެ. ހަމައެހެންމެ ހަމަ ބަރުދަން ލުއިކުރުމުގައިވެސް ފައިބަރ މުހިއްމު ދައުރެއް އަދާކޮށްދެއެވެ.

ވައްތީނި ކެއުމުން ކެންސަރު ބައްޔާއި ދުރުކޮށްދެއެވެ، އެގޮތުން ވައްތީނީގައި އެކުލެވޭ ފައިބަރުގެ މާއްދާގެ ސަބަބުން ގޮހޮރުގެ ކެންސަރާއި އުރަމަތީގެ ކެންސަރާއި މީހާ ދުރުކޮށްދީ ދުޅަހެޔޮ ސިއްޚަތެއްގައި ހުރުމަށް އެހީތެރިވެދެއެވެ.

ވައްތީނިއަކީ ހިތުގެ ބަލިތައް ހުންނަ މީހުންނަށް ބޭނުންކުރުމަށް ރަނގަޅު މޭވާއެކެވެ. އެހެނީ މި މޭވާއަކީ، ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދޭ މޭވާއެކެވެ. ވައްތީނީގައި ހިމެނޭ ފެޓީ އެސިޑްގެ މާއްދާތަކަކީ އެމާއްދާތަކުގެ ސަބަބުން ހިތުގެ ބަލިތަކުން ހަށިގަނޑު ދުރުކޮށްދޭ މާއްދާ ތަކެކެވެ.

ހަކުރު ބަލީ ހުންނަ މީހުންނަށްވެސް މިއީ ކާން ރަނގަޅު މޭވާއެކެވެ. ވައްތީނީގައި އެކުލެވޭ ފައިބަރ އަދި ޕޮޓޭސިއަމް މާއްދާގެ ސަބަބުން ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ.

ވައްތީނިއަކީ އޭގައި ގިނަ އަދަދަކަށް ކެލްސިއަމް އަދި ޕޮޓޭސިއަމް އެކުލެވޭ މޭވާއެކެވެ. އެހެންކަމުން، މިކަމުގެ ސަބަބުން އާދަކޮށް ވައްތީނި ކެއުމުގައި ބޭނުންކުރާ މީހުންގެ ހަށިގަނޑުގެ ކަށިތައް ވަރުގަދަކޮށް ރަގަޅުކޮށް ދިނުމުގައި ވައްތީނި މުހިއްމު ރޯލެއް އަދާކުރެއެވެ.

ވައްތީނިން ސިއްޙީގޮތުން ލިބޭ ފައިދާތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ފައިދާގެ ގޮތުގައި ފާހަގަކުރެވެނީ، ޖިންސީ ގޮތުން ކުރިމަތިވާ ބަލިމަޑުކަމަށް ފަރުވާއެއްގެ ގޮތުގައި ބޭނުންކުރަން ރަނގަޅު މޭވާއެއް ކަމުގައެވެ. ވައްތީނިއަކީ، ޖިންސީ ވަޅޯކަން ކުރިމަތިވާ ފަރާތްތަކުން ވައްތީނި ކިރު ތައްޓެއްގެ ތެރެއަށް ލާފައި އެއްރޭ ވަންދެން ފޯކުރުމަށްފަހު ބޭނުންކުރަމުން ގެންދިޔުމުން ޖިންސީ ވަޅޯކަމަށް ހައްލެއްލިބި ޖިންސީ އެދުންވެރިކަން އިތުރުކޮށްދޭ ކަމަށް ކަމާއި ބެހޭ މާހިރުން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ފައިދާ ގިނަވާނެތާ ޤުރުއާނުގައިވެސް ވައްތީނިގެ ވާހަކަ އައިސްފައިވޭ ކިރުތައްޓްކަށްލާ ވާހަކަ ތި ބުނީ ޑްރައިފިގް ދޮއްތަ ތޯފިގައަކީ ވަރަށް މަޑުކޮށް ހުނންނަ އެއްޗެއް ކަމަށް އެނގިފަވަނީ

  2. ވައްތީނިއަކީ ހުންނަ އެއްޗެއް ނޫން ހުންނަނީ ތީން ދެން ޒައިތޫން އެހެންވީމާ ލިޔުންތެރިޔާ އަށް މިކަން އޮޅުން ފިލުވާލަދިނީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު