12 ފެބުރުވަރީ 2025

މުޢިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް ހުރަސްއަޅާނެކަމަށް ރޮޒޭނާ ވިދާޅުވެއްޖެ

ރައީސް ނަޝީދު މަޖިލިސް ރައީސް ކަމުން ދުރު ނުކުރެވިއްޖެނަމަ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް ހުރަސްއަޅާނެކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު، ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ އާދަމް ވިދާޅުވީ، ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ވޯޓު ނުނަގައި މަޖިލީހުގެ އެއްވެސް ކަމެއް ކުރިއަށް ގެންދިއުމަށް އެބޭފުޅުންގެ އެއްބާރުލުމެއް ނުލިބޭނެ ކަމަށާއި އެވޯޓެއް ނުނަގައި ކުރިއަށް ގެންދާ ކަންތައްތަކަކީ ވެސް ޤަވާއިދާ ހިލާފަށް ކުރިއަށް ގެންދާ ކަންތައްތަކެއްގެ ގޮތުގައި އެބޭފުޅުން ދެކޭނެ ކަމަށެވެ.

އެ ވޯޓު ނުނަގައި ކުރިއަށް ގެންދާ ކަންތައްތަކަކީ ޤަވާއިދާ ހިލާފަށް ކުރިއަށް ގެންދާ ކަންތައްތަކެއްގެ ގޮތުގައި ދެކޭނެ ކަމަށް ރޮޒެއިނާ ވިދާޅުވެފައިވާއިރު، އޭގެ ތެރޭގައި އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ހުވާ ކުރުން ވެސް ހިމެނެއެވެ.

މުއިއްޒުގެ ހުވާ ކުރެއްވުން ކުރިއަށް ގެންދަންވާނީ މަޖިލީހުގެ އިތުބާރު ހުރި ރައީސަކާއި އެކީގައި ކަމަށް ފާހަގަކުރައްވަމުން އިތުބާރު ގެއްލިފައި ހުރި ރައީސަކު އެކަން ކުރުމަށް ޖާގައެއް ނުދެވޭނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"ރައީސްގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދަން ވާނީ މަޖިލީހުގެ އިތުބާރު ހުރި ރައީސަކާ އެކީގަ. އިތުބާރު ގެއްލިފަ ހުރި ރައީސްއެއް ގަދަކަމުން ވޯޓެއް ނުނަގާ އެތާ ހުންނަވައިގެން އެވަރުގެ ބޮޑު ފަންކްޝަނެއް، މަޖިލީހުގެ ނަމުގައި ކުރިއަށް ގެންދިއުމުގެ ޖާގައެއް އަޅުގަނޑުމެންނަކަށް ނުދެވޭނެ. އަދި ހަމަ އެގޮތަށް ހުވާ ކުރައްވައިގެން ގާނޫނާއި ހިލާފު ޖަލްސާއެއްގަ ހުވާ ކުރައްވައިގެން ކެބިނެޓް ހުށަހެޅުއްވިއަސް އަޅުގަނޑުމެންނަކަށް އެންޓަޓެއިނެއް ނުކުރެވޭނެ." ރޮޒެއިނާ ވިދާޅުވިއެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރަން ތްރީ ލައިންގެ ވިޕެއް ނެރެފައެވެ. އަދި ރައީސް ނަޝީދު ވަކި ކުރަން އަންނަ އާދިއްތަ ދުވަހަށް އެޖެންޑާ ކުރަން ވެސް މަޖިލީހުގެ އިދާރާއިން ވަނީ ނިންމާފައެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 114 ވަނަ މާއްދާގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވާ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ކަނޑައަޅާފައިވާ މީހަކު މަގާމާ ހަވާލުވުމުގެ ކުރިން މަގާމުގެ ހުވާކުރަން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ރޮޒޭނާ އާ އެމްޑީޕީން ރަސްމިއްޔާތަށް ހުރަސް އަޅަންދެން ހަމަ ދިވެހި ރައްޔިތުން ތިބެންވީތޯ؟ އަންގަފިނދު ރޮޒޭނާ ބޭނުންހާ އެއްޗެއް ހަދާކަށް ފުރުސަތެއް ނުދޭނަން.

  2. ރޮޒައިނާއަށް ރައްޔިތުންގެ ރުހުން ނުދޭނެ ދުވަސް ވަރަށް ގާތްވެއްޖެކަން ހަނދުމަފުޅު ބެހެއްޓެވުން އެދެމެވެ.

  3. ރޮޒޭނާނާގެބަފަޔައްވެސްކިހާބޮޑުހުތުރެއް ބަލައިނުގަންނައެއްޗެއްބަލައިނުގަނެތިބޭ ހުވާކޮއްނިންމާނަން އަންނައަހަރު އެކްސްޕެޔާވަނީ އާސިޕްމެންޓެއްއަންނަނީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު