29 އެޕްރީލް 2025

ސިޔާސީ ވަކި ބަޔަކު ބޭނުންވާ ވަކިކަމެއް ނުކުރެވުނެއްކަމަކު މިދައުލަތް ހުއްޓުވައެއް ނުލެވޭނެ: މުހްތާޒް

ސިޔާސީ ވަކި ބަޔަކު ބޭނުންވާ ވަކިކަމެއް ނުކުރެވުނެއްކަމަކު މިދައުލަތް ހުއްޓުވައެއް ނުލެވޭނެ ކަމަށް ކުރީގެ ޕްރޮސިކިޔުޓަރ ޖެނަރަލް މުހްތާޒް މުޙްސިން ވިދާޅުވެއްޖެއެވެ.

މުހްތާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިޔާސީ ވަކި ބަޔަކު ބޭނުންވާ ވަކިކަމެއް ނުކުރެވުނެއްކަމަކު މިދައުލަތް ހުއްޓުވައެއް ނުލެވޭނެ ކަމަށާއި، އެމަގުން އެކަން ހިންގުމަށް ފުރުސަތެއްވެސް ނުދެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ސިޔާސީގޮތުން ތަސައްރަފް ފުދިފައިވާ ބަޔަކަށް ވާން އެބަޖެހޭ." މުހްޔާޒް ވިދާޅުވިއެވެ.

ސިޔާސީ ވަކި ބަޔަކު ބޭނުންވާ ވަކިކަމެއް ނުކުރެވުނެއްކަމަކު މިދައުލަތް ހުއްޓުވައެއް ނުލެވޭނެ ކަމަށާއި، އެމަގުން އެކަން ހިންގުމަށް ފުރުސަތެއްވެސް ނުދެވޭނެ ކަމަށް މުހްތާޒް ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ޕީޖީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ އެޖެންޑާ ކޮށްފައި ވަނިކޮށް އެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގެ އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ.

"އެގޮތުން މަޖިލީހުގެ ރިޔާސަތުގައި ގަދަބާރުން އިންނަވައިގެން އެއްވެސް ކަމެއް ނުކުރެއްވުން އަޅުގަނޑުމެން އެދެނީ. ކުރިމަތީގައި ބައެއް ކަންކަން އެބަހުރި. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ވެސް ހިމެނޭ. އެއީ ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ ކަމެއް. އެފަދަ ޖަލްސާއެއް ވެސް އަޅުގަނޑުމެން ގަބޫލެއް ނުކުރަން 29ގެ ވޯޓު ނުނަގާ ކުރިއަށް ގެންދެވިދާނެ ކަމަށް،" އަސްލަމް ވިދާޅުވިއެވެ.

އެކަމަކު މީގެކުރިން އަސްލަމް ވިދާޅުވެފައިވަނީ، އާ ސަރުކާރަށް ޖެއްސުން ކުރުމާއި ފުރައްސާރަ ކުރުމުގެ ނިޔަތުގައި މަޖިލީހުން އެއްވެސް ކަމެއް ނުކުުރައްވާނެ ކަމަށާއި، އެއްބާރުލުން ދޭންޖެހޭ ކަންކަމުގައި އެއްބާރުލުން ދެއްވާނެ ކަމަށެވެ.

އިންތިޚާބީ ރައީސްގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތާއި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅުވައި، ރޮޒެއިނާ ވެސް ވިދާޅުވެފައިވަނީ، މުއިއްޒުގެ ހުވާ ކުރެއްވުން ކުރިއަށް ގެންދަންވާނީ މަޖިލީހުގެ އިތުބާރު ހުރި ރައީސަކާއި އެކީގައި ކަމަށާއި އިތުބާރު ގެއްލިފައި ހުރި ރައީސަކު އެކަން ކުރުމަށް ޖާގައެއް ނުދެވޭނެ ކަމަށެވެ.

އެމްޑީޕީން ދެވަނަ ފަހަރަށް ހުށަހެޅި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އޮތީ އާދިއްތަ ދުވަހަށް އެޖެންޑާ ކޮށްފައެވެ.

އެ މައްސަލައާ ގުޅޭ ގޮތުން، އެމްޑީޕީގެ ޕީޖީ ގްރޫޕުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ތްރީލައިން ވިޕެއް ނެރެން ފާސްކޮށްފައެވެ. އެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުން ވަނީ މަޖިލީހުގެ އެއްވެސް މަސައްކަތެއް ދެން ކުރެވޭނީ ނަޝީދު ވަކި ކުރުމުގެ މައްސަލައަށް ގޮތެއް ނިންމުމަށް ފަހުގައި ކަމަށް ނިންމައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ކުށެއްނެއްޤާޒީއަކުހައްލައިގެންކޯޓުއަމުތެއްނެރުނެއްކަމަކުމިޤައުމުހުއްޓުވައެއްނުލެވުނު

  2. މިދައިލަތްހުއްޓުވަންފުރަތަމަމަސައްކަތްކުރީނަޖިދުހެދިގެންކާކުދެރައީލަދުހަޔާތްނެއްކަންރައީސްޔާމީނުވައްޓާލަންމަސައްކަތްކޮށްފައިއެޕާޓީތެރަށްބޯކޮށްޕާލުމަކީލަދުހަޔާތުެެގެޒައްރެއްގެމިންވަރުވރސްނެއްކަމުގެހެއްކެއް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު