ކަށިކެޔޮ މިލްކްޝޭކް ހަދާނީ ކިހިނެތް؟

ކަށިކޭލަކީ އަނގަޔަށް މީރު މޭވާއެކެވެ. އަދި ޞިއްޙީ އެތައް ފައިދާއެއް ލިއްބައިދޭ މޭވާއެއްވެސް މެއެވެ. އެގޮތުން، ކަށިކެޔޮ ބޭނުންކޮށްގެން ހަދާ ކަށިކެޔޮ މިލްކުޝޭކްއަކީ ބޯލަން މީރު ބުއިމަކަށް ވާނެއެވެ.

ބޭނުންވާނެ ތަކެތި

  • 2 ޖޯޑުގެ ކަށިކެޔޮ (ލިޔެފައިވ)
  • ހަކުރު
  • 1/2 ޖޯޑުގެ ދިޔާކިރު
  • އައިސްކިއުބް
  • ވެނީލާ އައިސްކްރީމް

ތައްޔާރުކުރާނެ ގޮތް

ފެންފޮދަކާއި، ލިޔެފައިވާ ކަށިކެޔޮކޮޅު މިކްސަރއަކަށް އަޅައި ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ފުރޭންޏަކުން ފުރާނާ ލުމަށްފަހު ފުރޭނީގައި ހަރުލާފައިހުރި ބޭކާރުބައި އުކާލާށެވެ. އެއަށްފަހު ފުރާނާފައިހުރި ކަށިކެޔޮ ފަންޏާއި ހަކުރު، އައިސްކިއުބް، ކިރު އަދި އައިސްކްރީމް މިކްސަރއަށް އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު