Saturday, 22 June 2024

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާދިއްތަ ދުވަހަށް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ މައްސަލަ އާދިއްތަ ދުވަހަށް ޖަލްސާ ތާވަލްކޮށް، އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކޮށްފިއެވެ.

މަޖިލީހުގެ އިދާރާއިން އާންމުކުރި އާދިއްތަ ދުވަހުގެ އެޖެންޑާގައި ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައާ މެދު ގޮތެއް ނިންމުން ހިމަނުއްވާފައިވެއެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން އިތުބާރު ނެތްކަމުގެ ގަރާރުގެ 14 ދުވަހުގެ ނޯޓިސް ހަމަވުމުން ޖަލްސާ ބާއްވަން ޖެހެއެވެ.

އާދީއްތަ ދުވަހަކީ އާންމު މަޖިލިސް އޮންނަ ދުވަހެއް ނޫނެވެ. އެހެންކަމުން ނަޝީދުގެ މައްސަލަ އެ ދުވަހަށް އެޖެންޑާކުރާނެކަން މަޖިލީހުގެ އިދާރާއިން ވަނީ މެމްބަރުންނަށް މި ހަފްތާގައި އަންގަވާފައެވެ.

މިމައްސަލަ އެޖެންޑާ ކުރިނަމަވެސް، އެ ޖަލްސާއަށް މަޖިލީހުގެ ނައިބު ރައީސް އީވާ ހާޒިރުވެ ވަޑައިނުގެން، ޖަލްސާ ކުރިއަށް ގެންދަން ފުުރުސަތު ނުދޭން ނަޝީދުގެ ޑިމޮކްރެޓްސް އިން ރާވާފައިވާ ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް މަޖިލީހުގެ ގަވައިދުގައި ބުނެއެވެ. އެެހެންނަމަވެސް، މަޖިލީހުގެ ނައިބު ރައީސް ވަޑައިނުގަންނަވާ ހާލަތެއްގައި ވާނެ ގޮތެއް ގަވާއިދުގައި ސާފުކޮށް ބުނެފައެއް ނެތެވެ. މީގެ ކުރިން ނަޝީދު ވަކި ކުރަން ހުށަހެޅި މައްސަލަ ވެސް ކުރިއަށް ނުގެންދެވުނީ އެ ސަބަބާ ހެދިއެވެ. އެ ފަހަރު ނަޝީދާ އެކު އީވާ ވަކިކުރަން ވެސް ގަރާރެއް ވެއްދުމުން، ދެ ބޭފުޅުން ވެސް ރިޔާސަތާ ހަވާލުވާން އުޒުރުވެވަޑައިގެންނެވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު