15 ޖަނަވަރީ 2025

ހުކުރު ދުވަހު ދަތުރު ދިޔުމަކީ ކޮންކަހަލަ ކަމެއް؟

ހުކުރު ދުވަހަކީ ހަފުތާގައި އަންނަ ދުވަސްތަކުގެ ތެރެއިން މުސްލިމުންނަށް އެންމެ ޚާއްޞަ ދުވަހެވެ. މިދުވަސް ޚާއްޞަވުމުގެ ސަބަބުތައް ގިނައެވެ. މި ދުވަހަށް ޚާއްޞަ ކުރައްވައި އަޅުކަންތައް ލައްވާފައިވުމީ މި ދުވަހުގެ މާތްކަމާއި މަތިވެރިކަން އަންގައިދޭ ކަމެކެވެ.

ހުކުރު ދުވަހުގެ މަތިވެރިކަން އިތުރުވެގެންދަނީ މިދުވަހަށްޓަކައި ޚާއްޞަވެގެންވާ ނަމާދެއް ލައްވާފައިވުމެވެ. އެއީ ހުކުރު ނަމާދެވެ. ހުކުރުނަމާދަކީ ފިރިހެނުންގެ ތެރެއިން ބުއްދި ސަލާމަތުންހުރި، މިނިވަން، އަދި ހުކުރު ނަމާދުކުރުމަށް ކުޅަދާނަވެގެންވާ ކޮންމެ ފިރިހެނެއްގެ މައްޗަށް ފަރުޟުކުރައްވާފައިވާ ނަމާދެކެވެ.

"ހުކުރު ދުވަހު ދަތުރު ދިޔުމުގެ ޙުކުމް" މި ސުރުޚީގެ ދަށުން އައްޝައިޚް މުޙައްމަދު ޝާފިޢު، ޝެއިޚްގެ ބްލޮގުގައި (shafiu.mv) ލިޔުއްވާފައިވާ ލިޔުމެއްގައި ސުވާލެއްގެ ގޮތުގައި ފުރަތަމަ ވިދާޅުވެފައިވަނީ، "ބައެއް މީހުން އެއްގަމާއި ކަނޑުގެ އެކި ހިސާބުތަކަށް (ރަށްރަށަށް) ހުކުރު ދުވަހުގައި ދަތުރު ދެއެވެ. އެމީހުންގެ ބަހަނާއަކީ ހުކުރުދުވަހު ނޫނީ އެމީހުންނަށް ދަތުރު ދާނޭ ހުސްވަޤުތު ނުލިބޭ ކަމެވެ."

މި ސުވާލުގެ ޖަވާބުގައި ޝެއިޚް ޝާފިޢު ވިދާޅުވެފައިވަނީ “އެބައިމީހުންގެ ދަތުރުގައި ހުކުރު ނަމާދުކުރެވޭނެ ގޮތް ފަހިވެފައި އެބައިމީހުން ހުކުރުނަމާދަށް ޙާޟިރުވެ އެނަމާދު އަދާކޮށްފިނަމަ އޭގައި މައްސަލައެއް ނެތެވެ. އެކަމަކު އެދަތުރުގެ ސަބަބުން ހުކުރު ނަމާދުގެ ފަރުޟު ގެއްލިގެންދާނަމަ އެބައިމީހުންނަށް އެ ދަތުރު ހުއްދަވެގެން ނުވެއެވެ. އެއީ އެދަތުރުގެ ސަބަބުން ފަރުޟު ނަމާދެއް ގެއްލިގެންދާތީއެވެ.”
ޝެއިޚް އެ ލިޔުމުގައި ވިދާޅުވެފައިވަނީ، މިއީ އިސްލާމްކިއުއޭ ގައިވާ ( މި ފަތުވާ ) އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެއް ކަމަށެވެ.

ހުކުރު ދުވަހަކީ ދުނިޔެމައްޗަށް އިރުއަރާ ދުވަސްތަކުގެ ތެރެއިން އެންމެ މާތް މަތިވެރި އަދި ބަރަކާތްތެރި ދުވަސްކަމީ އެކަމާމެދަކު އެއްވެސް ޝައްކެއް އޮތްކަމެއްނޫނެވެ. ހަފްތާގެ އެހެނިހެން ދުވަސްތަކާއި ޚިލާފަށް ހުކުރު ދުވަހަށް ހާއްސަ ކަންތައްތަކާއި މާތް ކަމެއް ވަނީ ލިބިގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު