"ޕީ.ޕީ.އެމްގެ 12 ވަނަ އަހަރީ ދުވަހަށް ލިބުނު އެންމެ ބޮޑު އުއްމީދަކީ ޑރ.މުޢިއްޒު ޚިޔާރުކުރެއްވި ކުރެއްވުން"

ޕީ.ޕީ.އެމްގެ 12 ވަނަ އަހަރީ ދުވަސް ބައްދަލުކުރާއިރު ލިބުނު އެންމެ ބޮޑު އުއްމީދަކީ، ރައްޔިތުން ޑރ. މުޢިއްޒު ޚިޔާރުކުރެއްވި ކުރެއްވުން ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އަހަރީދުވަހުގެ ތަހުނިޔާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރަށާއި ޕީޕީއެމް ޕީއެންސީގެ އިސްފަރާތްތަކާއި އެންމެހާ މެންބަރުންނަށް އަރިސްކުރެއްވުމަށް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސިޔާމް ވިދާޅުވީ، ޕީ.ޕީ.އެމްގެ އަހަރީ ދުވަހުގެ ތަހުނިޔާ ޕްރޮގުރެސިވް ކޮންގްރެސް ކޯލިޝަންގެ އިންތިޚާބީ ރައީސް ޑރ. މުޢިއްޒައަށާއި، ޕީޕީއެމްގެ ރައީސް، ރައީސް ޔާމީނަށާއި، ޕާޓީގެ ސެނެޓަށާ ޕާޓީގެ އެންމެހާ ލޮބުވެތި  މެންބަރުންނަށާ ސަޕޯޓަރުންނަށް އަރިސްކުރަައްވާ ކަމަށެވެ.

"ޕީ.ޕީ.އެމް ޕީ.އެން.ސީ ކޯލިޝަން މާޒީ ކުރީ އަދި ކުރާނީ ކުރު މުއްދަތެއްގައި ރާއްޖޭގެ ސިޔާސީ ތާރީޚު ރަންއަކުރުން ލިޔާ ދުވަސްތަކެއް. ޕާޓީގެ ލޮބުވެތި މެންބަރުންނަށް ފަށްފަށުން ހިތުގެ ޚާލިސް ޝުކުރު.: ސިޔާމް ވިދާޅުވިއެވެ.

ޕީ.ޕީ.އެމް ގެ 12 ވަނަ އަހަރީ ދުވަސް ބައްދަލުކުރި އިރު ރައްޔިތުންނަށް އެންމެބޮޑު އުންމީދެއް ގެނެސް ދެނީ ދިވެހީންގެރާއްޖޭގެ ވެރިކަން ކުރެއްވުމަށް ޑރ.މުޢިއްޒު ރައްޔިތުންގެ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ރައްޔިތުން ޚިޔާރުކުރެއްވި ކުރެއްވުން ކަމަށް ސިޔާމް ވިދާޅުވިއެވެ.

"އަދި މިއަދު އަޅިގަނޑުމެންނަށާ މުޅި ޕާޓީއަށް ލިބޭ އެންމެ ބޮޑު ހިތާމައަކީ ރައީސް ޔާމީން ޙައްޤުނޫން ޙުކުމެއްގައި ޝަރީޢަތްތައް ކުރިޔަށް ނުގެންދެވި ހައްޔަރުގައި ހުންނަވާ ހުންނެވުން.  އެމަނިކުފާނުގެ ހައިކޯޓު އިސްތިޢުނާފު އަޑުއެހުންތައް ކުރިޔަށް ނުގެންދެވި ލަސްވާ ލަސްވުމަކީ ބަލައިގަނެވޭ ކަމެއް ނޫން." ސިޔާމް ވިދާޅުވިއެވެ.

މީގެ 12 އަހަރު ކުރިން 2011 ވަނަ އަހަރު ފަހުކޮޅު އުފެއްދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއަށް މިއަދު މިވަނީ 12 އަހަރު ފުރިފައެވެ. ޕާޓީ އުފެއްދުމަށް ކުރީގެ ރައީސް މައުމޫނާއި، މިހާރުގެވެސް ޕީޕީއެމްގެ ރައީސް ޔާމީން ކުރެއްވި މަސައްކަތުން ޕާޓީ ވުޖޫދުވެ މިއަދާއި ހަމައަށްވަނީ ބޮޑެތި ކާމިޔާބީތައް ހޯދާފައެވެ. ޕީޕީއެމްއަކީ ކުރު މުއްދަތެއްގައި އެންމެ ބޮޑެތި ކާމިޔާބީ ހޯދި ޕާޓީކަމުގައި ފާހަގަކޮށްޖެހެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ