އަބަދުވެސް މަސައްކަތްކުރާނީ ހުރިހާ ޤައުމަކާ ވެސް ގާތް ގުޅުމެއް ބާއްވައިގެން: މުޢިއްޒު

ރާއްޖެ އަބަދުވެސް މަސައްކަތްކުރާނީ ހުރިހާ ޤާއުމަކާވެސް ގާތް ގުޅުމެއް ބާއްވައިގެން ކަމަށް އިންތިޚާބީ ރައީސް މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ބްލޫމްބާގް ޓީވީ" އަށް ދެއްވި އިންޓަވިއު ގައެވެ.

މުއިއްޒު ވިދާޅުވީ، އެމަނިކުފާނަކީ ޗައިނާއަށް ތާއީދު ކުރާ މީހެއްގެ ގޮތުގައި ވަރަށް ނުބައިކޮށް ލޭބަލް ކޮށްފައިވާ ކަމަށާއި، ނަމަވެސް ރާއްޖެ ފިޔަވައި އެހެން ޤައުމަކަށް ތާއީދު ނުކުރައްވާނެ ކަމަށާއި އެކަމަކީ އެއީ ވިސްނާލުމުން އެނގޭނެ ކަމެއް ކަމަށެވެ. ޑރ. މުއިއްޒު ވިދާޅުވީ، އެމަނިކުފާނަކީ "ޕްރޯ ޗައިނާ ބޭފުޅެއް" ކަމަށް ބައެއް މީހުން ލޭބަލް ކޮށްފައިވާ ކަމަށެވެ. އެއީ ވަރަށް ގޯސް ސިފަކުރުމެއްކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، އެމަނިކުފާނަކީ ރާއްޖެ ފިޔަވައި އެއްވެސް ގައުމެއްގެ "ފްރޯ ބޭފުޅެއް" ނޫން ކަމަށެވެ.

މުއިއްޒު ވިދާޅުވީ، ބައިނަލްއަގުވާމީ އުސޫލުތަކާއި ޤާނޫނު އަދި ގަވާއިދުތަކަށް ރާއްޖެއިން އަބަދުވެސް އިޙްތިރާމު ކުރާނެ ކަމަށެވެ.

އިންޑިއާގެ ކަނޑުގައި ޗައިނާގެ ބާރުގަދަ ވެފައިވާ ކަމަށާއި އެކަމާއި މެދު ދެކެނީ ކިހިނެތްތޯ ސުވާލު ކުރެއްވުމުން މުއިއްޒު ވިދާޅުވީ، ބައިނަލްއަގުވާމީ އުސޫލުތަކާއި ބައިނަލްއަޤްވާމީ ގާނޫނުތަކަށް ރާއްޖޭން އިހުތިރާމު ކުރާނެ ކަމަށެވެ. އަދި ރާއްޖޭން އަބަދު ވެސް މަސައްކަތް ކުރާނީ ބޮޑެތި ގައުމުތަކާއި މެދު ޖިއޮޕޮލިޓިކަލް ވާދަވެރިކަމެއް އުފެދިގެން ނުދާނެ ގޮތަކަށް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"ރާއްޖެ އަބަދުވެސް މަސައްކަތްކުރާނީ ހުރިހާ ގައުމަކާ ވެސް ގާތް ގުޅެއް ބާއްވައިގެން. ބޮޑެތި ގައުމުތަކުގެ ދެމެދުގައި އޮތް ޖިއޯޕޮލިޓިކްސް އާއި ވާދަވެރިކަން ފަދަ ކަންކަމުގެ ތެރެއަށް ވަންނާކަށް ރާއްޖެ ބޭނުމެއް ނުވޭ،" މުއިއްޒު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު