މާދަމާރޭ ރާއްޖޭގައި ހަނދުކޭތަ ނަމާދު ކުރަނީ

މާދަމާރޭ ރާއްޖޭގައި ހަނދުކޭތަ ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ނެރުއްވި ސާރކިއުލާއެއްގައި ވިދާޅުވެފައިވަނީ، ހޮނިހިރު ދުވަހުގެރޭ ހަނދުކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން 23:01 ގައި ކަަމަށެވެ. އަދި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ އެރޭގެ މެންދަމުން އަލިވެ 1:14 ގައި ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

އަދި ހަނދުކޭތަ ވީއްލާނީ 3:26 ގައި ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.

"ވީމާ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި އޮކްޓޯބަރު 28 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު މެންދަމުން އަލިވެ 1:15 ގައި ކޭތަ ނަމާދު ކުރެވޭނެ އިންތިޒާމު ކައުންސިލް އިދާރާ އިން ހަމަޖައްސަވައި ދެއްވުން އެދެމެވެ،" އިސްލާމިކް މިނިސްޓްރީގެ ސާރކިއުލާގައި ވިދާޅުވެފައިވެއެވެ.

ކޭތަ ނަމާދުގެ ޚުޠުބާ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު